މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިން ލޮޖިސްޓިކް އެސިސްޓެންޓް

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސްޓްރެންތުނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވާކަރސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ޕްރޮޑަކްޝަން އެންޑް ސަޕްލައި ޗެއިން ލޮޖިސްޓިކް އެސިސްޓެންޓް

އަދަދު: 01

ފެންވަރު ނުވަތަ ޝަރުޠު:

  • ދަށްވެގެން ބިޒްނަސް ދާއިރާއިން އޭ.ލެވެލް ފާސް ލިބިފައިވުން. ޕްރޮޑަކްޝަން، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓުގެ ދާއިރާއިން އެހެނިހެން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ލޮޖިސްޓިކްސް ދާއިރާއިން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި އަދި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސިބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.

މަތީގައި އިޢުލާންކުރެވިފައިވާ ވަޒީފާތަކުގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތު އަދި ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ. ނުވަތަ sabah@trade.gov.mv އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ސަބާ މޯލްޑިވްސް ޓީ.އެފް.ސީ (ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ) މ.ބޭންފްވިލާ، ދެވަނަ ފަންގިފިލާ

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހުގެ 4:00އަށް

މުސާރަ: -/7,000 އާއި -/6,000 އާ ދެމެދުގެ އުޖޫރައެއް ދިވެހިރުފިޔާއިން ލިބޭނެއެވެ.

ވަޒީފާގެ މުއްދަތު: 01 އަހަރުދުވަސް

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 15 މާރިޗު 2015ވާ ބުދަ ދުވަހުގެ 14:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ ފޮނުވާނީ ސަބާ މޯލްޑިވްސްއަށް އެޑްރެސްކޮށް މ.ބޭންފްވިލާ، ދެވަނަ ފަންގިފިލާއަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހުގެ 08:00 – 15:00 އާ ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ sabah@trade.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015
ހޯދާ