މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Re-announcement for BDSC Posts

މިމިނިސްޓްރީގެ ނަންބަރު: IUL)101-EP/1/2015/19) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައިވާ ބައެއް މަޤާމުތަކަށް އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނެތުމާއެކު، މި އިޢުލާނުގެ މުއްދަތު 10 މާރިޗު 2015 އަށް އިތުރުކޮށްފީމެވެ. 16 ފެބުރުވަރީ 2015 ގެ ނިޔަލަށް ލިބިފައިވާ އެޕްލިކޭޝަންތައް ހިމެނޭނެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ޤާއިމުކުރެވޭ ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރުތަކަށް (ބީ.ޑީ.އެސް.ސީ) ތިރީގައި މި ދަންނަވާ މަޤާމުތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ގދ. ތިނަދޫ ބީޑީއެސްސީ އަށް

- 01 ޓްރޭނިންގ ކޯޑިނޭޓަރ

- 01 އެޑްމިން ފައިނޭންސް އޮފިސަރ

ލ. ފޮނަދޫ ބީޑީއެސްސީ އަށް

- 01 އެޑްމިން ފައިނޭންސް އޮފިސަރ

ދ. ކުޑަހުވަދޫ ބީޑީއެސްސީ އަށް

- 01 ޓްރޭނިންގ ކޯޑިނޭޓަރ

- 01 އެޑްމިން ފައިނޭންސް އޮފިސަރ

ޅ. ނައިފަރު ބީޑީއެސްސީ އަށް

- 01 ޓްރޭނިންގ ކޯޑިނޭޓަރ

- 01 އެޑްމިން ފައިނޭންސް އޮފިސަރ

މި މަޤާމުތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ބީ.ޑީ.އެސް.ސީ ޤާއިމުކުރާ ރަށުގައެވެ. އަދި މާލޭގައި ނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. މިނިސްޓްރީއަށް މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞައެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު މިވާ ޓާރމްސް އޮފް ރިފަރެންސްގައިވާ ގޮތުގެ މަތިން، 10 މާރިޗު 2015 ގެ 14:30 ގެކުރިން، ލިޔުންތައް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ hr@trade.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ސިޓީ ހުށަހަޅާއިރު އެދިލައްވަނީ ކޮން ސެންޓަރެއްގެ މަޤާމަކަށް ކަން އެނގޭގޮތަށް ބަޔާން ކުރެއްވުން އެދެމެވެ.

މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

ސިޓީއުރައިގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރގެ ވަޒީފާއަށް އެދި' މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަހަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 3333152, 3333196 (960)+

އީމެއިލް: hr@trade.gov.mv

‏07‏ ޖުމާދަލްއޫލާ‏ 1436

26 ފެބުރުވަރީ 2015
ހޯދާ