ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
2 ވެހިކަލް ނީލަމުގައި ވިއްކާލުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ހޮސްޕިޓަލުގައި ބޭނުންކޮށްފައިވާ 2 ވެހިކަލް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ވީމާ، މި 2 ވެހިކަލް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މިހޮސްޕިޓަލުގެ އޮފީހަށް ސިޓީ ފޮނުންވުން އެދެމެވެ.

ނީލަމަށް ސިޓީ ހުށަހެޅޭނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އާ ހަމައަށެވެ. އަދި ކޮންމެ ދުވަހަކު އެންމެ މަތީ އަގު ހުށަހަޅާ ފަރާތެއްގެ އަގު ހޮސްޕިޓަލުގެ އޮފީހުގެ ނޯޓިސްބޯޑުގައި ޢާންމުކޮށް ފެންނާނެހެން ބެހެއްޓޭނެއެވެ.

ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ވިދިވިދިގެން 3 ދުވަސް ވަންދެން އެއްއަގެއްގައި އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ފެށޭ ތާރީޚަކީ 04 މާރިޗު 2015 ވާ ބުދަ ދުވަހުން ފެށިގެންނެވެ.

ވިއްކާލަން ބޭނުންވާ 2 ވެހިކަލް:-

  1 ޕިކަޕް (ރަޖިސްޓަރީ ނަންބަރު B1A3895)

  • ނީލަން ފެށޭ އަގު -/10000
  • ނީލަމަށް އިތުރުކުރެވޭ އަދަދު -/2000

  1 ވޭން (ރަޖިސްޓަރީ ނަންބަރު B1A4357)

  • ނީލަން ފެށޭ އަގު -/2000
  • ނީލަމަށް އިތުރުކުރެވޭ އަދަދު -/2000

ނޯޓް: ވެހިކަލްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިހޮސްޕިޓަލުގެ އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ އަލްފާޟިލް ޢަބްދުލްޢަޒީޒުއާ (7729955) ގުޅުއްވައިގެން މަޢުލުމާތު ސާފުކުރެއްވުން އެދެމެވެ. 

 

01 މާރިޗު 2015
ހޯދާ