ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯއިން ފުވައްމުލައް އެއަރޕޯޓް ސަރުކާރާ ހަވާލުކުރުން

އެސްޓީއޯއިން ފުވައްމުލައް އެއަރޕޯޓް ސަރުކާރާ ހަވާލުކުރުން

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ "ލިސްޓިންގ ރޫލްސް" (Listing Rules) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ "ކޮންޓިނުއަސް ޑިސްކުލޯޝަރ އޮބްލިގޭޝަން އޮފް އިޝުއަރސް" (Continuous Disclosure Obligation of Issuers) އާ ހަވާލާދީ، އަންނަނިވި މަޢުލޫމާތު ޢާންމުކޮށް އަންގައި، އިޢުލާންކުރަމެވެ.

ދިވެހި ސަރުކާރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، މިކުންފުނީގެ އިންވެސްޓްމަންޓެއް ކަމަށްވާ ފުވައްމުލައް އެއަރޕޯޓް، 01 މާރިޗު 2015 ވަނަ ދުވަހު ވަނީ، ދިވެހި ސަރުކާރާ ހަވާލުކުރެވިފައެވެ. ފުވައްމުލައް އެއަރޕޯޓާ ސަރުކާރުން ހަވާލުވުމުން، އެތަނުގައި މިކުންފުނިން ކޮށްފައިވާ އެންމެހައި އިންވެސްޓްމަންޓުތަކާއި، އެއަރޕޯޓަށް ކޮށްފައިވާ ޚަރަދުގެ ބަދަލު ސަރުކާރުން ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި ފުވައްމުލައް އެއަރޕޯޓް ސަރުކާރާ ހަވާލުކުރުމުގައި މިކުންފުނިން ޢަމަލުކޮށްފައިވާނީ ކޯޕަރޭޓް ގަވަރނަންސް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

ވީމާ، މިކަން ކުންފުނީގެ ޙިއްޞާދާރުންނާއި، ކަމާބެހޭ އެންމެހާ ފަރާތްތަކަށް ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

01 މާރިޗު 2015
ހޯދާ