ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަކެތި ގަންނަން

މިހޮސްޕިޓަލުގެ އިޢުލާން ނަންބަރު: IUL)TAH-A/INDIV/2015/1) ބާޠިލުކޮށް، މިއިޢުލާނުގައި ބަޔާން ކުރެވިފައިވާ ތިރީގައި މިދަންނަވާ ތަކެތި މިހޮސްޕިޓަލަށް ގަންނަން ބޭނުންވާތީ، މިތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން 08 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުމަށް ޢާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތ.އަތޮޅު ހޮސްޕިޓަލާއި މިނިސްޓްރީ އޮފް ހެލްތުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ވެރިފަރާތުގެ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

1. 35 އޮފީސް މޭޒު                    2. 9 ފައިލިން ކެބިނެޓް

3. 10 އެގްޒެކްޓިވް ޗެއަރ ލޯބެކް             4. 47 އެގްޒެކްޓިވް ޗެއަރ ހައިބެކް

5. 135 ޕްލާސްޓިކް ގޮނޑި ( އަތްގަނޑުލީ )      6. 115 ޕްލާސްޓިކް ގޮނޑި ( އަތްގަނޑުނުލާ )

7. 11 ފައިލްރެކް / ބުކްޝެލްފް              8. 10 ގޮނޑި ބެންޗްސެޓް

9. 14 އޮފީސް ޕާޓިޝަން  (5 ފޫޓުގެ)         10. 14 އޮފީސް ޕާޓިޝަން (6 ފޫޓުގެ)

11. 25 ސްޓޫލް ޗެއަރ

26 ފެބުރުވަރީ 2015
ހޯދާ