މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓުތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު، އުފެެއްދުންތެރި، ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ އެއަރޕޯޓްގައިވާ އެގްޒެކްޓިވް/ބިޒްނަސް ލައުންޖް ސަރވިސަސް ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:  ފަޔަރ ފައިޓަރ ޓްރޭނީ

ބޭނުންވާ އަދަދު: 12   

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ

ޝަރުޠު:

  • އޯލެވެލް ދިވެހި، އިސްލާމް، އިނގިރޭސި އަދި ހިސާބުން "ސީ" ފާސް ނުވަތަ އެއަށް ވުރެ މަތިން ލިބިފައިވުން.  މިމާއްދާ ތަކުގެ އިތުރުން ކެމިސްޓްރީ އަދި ފިޒިކްސް އިން ފާސްވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • އުމުރުން 18 އާއި 25 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް: -/10،000ރ އާއި -/11،000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަތިން ބޯޓުފަހަރާއި ނުވަތަ އެއަޕޯޓާ ގުޅުންހުރި އެންމެހާ ކާރިޘާ / ހާދިސާތައަށް ތައްޔާރުވެ ތިބުން.
  • މިފަދަ ޙާލަތަކަށް ތައްޔާރުވެ ތިބުމަށްޓަކައި، ވެހިކަލްތަކާއި ގެންގުޅޭ އިކުއިޕްމަންޓްތައް ޗެކްކޮށް ބެލެހެއްޓުން.
  • ވޮޗްރޫމް ޑިއުޓީ އަދާކުރުން.
  • އޮފީހަށް ބޭނުންވެއްޖެ ހިނދެއްގައި، އަދި އޮފީހުން ކުއްލި ގޮތަކަށް އެދިއްޖެ ހިނދެއްގައި މަސައްކަތަށް ހާޒިރުވުން.

މަޤާމު: މޭސަން

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ބިލްޑިންގ ސަރވިސަސް

ޝަރުޠު :

  • ގްރޭޑް 7ގެ ފެންވަރު ހުރުން (ގްރޭޑް 7ގެ ސްކޫލް ލީވިންގ ސެޓްފިކެޓް އޮތުން)
  • އުމުރުން 25 އާއި 40 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް: -/9،000ރ އާއި -/10،000ރ  އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ރޯޑް އެންޑް ހާބަރ މެއިންޓަނަންސް ޔުނިޓްގައި ކުރެވޭ އެންމެހައި ރޭނުމާ ބެހޭ މަސައްކަތްތައް ކުރުން.
  • މަސައްކަތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި ޓޫލްސް، އެތަކެއްޗަށް ކަނޑައެޅިފައިވާ ސްޓޯރުތަކުން ނެގުން.
  • އޮފީހަށް ބޭނުންވެއްޖެ ހިންދެއްގައި، އަދި އޮފީހުން ކުއްލި ގޮތަކަށް އެދިއްޖެ ހިނދެއްގައި މަސައްކަތަށް ހާޒިރުވުން.

މަޤާމު: ވެލްޑަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ބިލްޑިންގ ސަރވިސަސް

ޝަރުޠު:

  • ވެލްޑިން އެންޑް ޝީޓް މެޓަލް ކޯހުގެ 2 އަހަރުދުވަހުގެ ސެޓްފިކެޓް ފުރިހަމަކޮށްފައިވުން.
  • އުމުރުން 20 އާއި 40 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް: -/9،000ރ އާއި 10،000ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސުޕަވައިޒަރު ހަވާލުކުރާ އެންމެހާ ވެލްޑިންގ މަސައްކަތްތައް ކުރުން.
  • ހަވާލުކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަކެއްޗާއި ޓޫލްސް ދެނެގަތުމަށްފަހު، ނެތް ތަކެތި ހޯދުމަށްޓަކައި ސުޕަވައިޒަރަށް މަޢުލޫމާތު ދިނުން.
  • އޮފީހަށް ބޭނުންވެއްޖެ ހިންދެއްގައި، އަދި އޮފީހުން ކުއްލި ގޮތަކަށް އެދިއްޖެ ހިނދެއްގައި މަސައްކަތަށް ހާޒިރުވުން.

މަޤާމު: ކާޕެންޓަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ކޮންސްޓްރަކްޝަން މެއިންޓަނަންސް

ޝަރުޠު:

  • ކާޕެންޓްރީކަމުގެ ސެޓްފިކެޓް ލިބިފައިވުން.
  • އުމުރުން 25 އާއި 45 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މުސާރަ އާއި އިނާޔަތްތަކަށް: -/9،000ރ އާއި 10،000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ހަވާލުކުރެވޭ ކާޕެންޓްރީކަމާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • އިމާރާތްތައް މަރާމާތުކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނެސް، ބެލެހެއްޓުން.
  • އޮފީހަށް ބޭނުންވެއްޖެ ހިންދެއްގައި، އަދި އޮފީހުން ކުއްލި ގޮތަކަށް އެދިއްޖެ ހިނދެއްގައި މަސައްކަތަށް ހާޒިރުވުން.

މަޤާމު: ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ބިލްޑިންގ ސަރވިސަސް

ޝަރުޠު :

  • ގްރޭޑް 7ގެ ފެންވަރު ހުރުން (ގްރޭޑް 7ގެ ސްކޫލް ލީވިންގ ސެޓްފިކެޓް އޮތުން)
  • އުމުރުން 25 އާއި 40 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް : -/9،000ރ އާއި -/10،000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޔުނިޓުން ހަވާލުކުރެވޭ އެންމެހާ ޢަމަލީ މަސައްކަތްތައް ކުރުން.
  • އަތުންނާއި ކަރަންޓު ދީގެން / ބެޓަރީގެ ބާރުގައި މަސައްކަތް ކުރުމަށް ބޭނުންކުރާ އެންމެހާ ޓޫލްސް އޮޕަރޭޓް ކުރުން.
  • އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ދެނެގަނެ، އެތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުން.

މަޤާމު: ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު: 10

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޯޑް އެންޑް ހާބަރ

ޝަރުޠު:

  • ގްރޭޑް 7ގެ ފެންވަރު ހުރުން (ގްރޭޑް 7ގެ ސްކޫލް ލީވިންގ ސެޓްފިކެޓް އޮތުން)
  • އުމުރުން 25 އާއި 40 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

މުސާރަ އާއި އިނާޔަތްތަކަށް : -/9،000ރ އާއި 10،000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޯޑިނޭޓަރ / ސުޕަވައިޒަރުގެ ދަށުން މަސައްކަތްކުރުން.
  • އެއަރޕޯޓްގައި ހިންގޭ ހަރަކާތްތަކާއި، ޔުނިޓްގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.
  • މަސައްކަތްކުރުމަށް ބޭނުންކުރާ ޓޫލްސް އަދި މިނޫން އެހެންތަކެތި ސާފުކޮށް ބެލެހެއްޓުން.

މަޤާމު: އިކުއިޕްމަންޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 2

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ރޯޑް އެންޑް ހާބަރ

ޝަރުޠު:

  • ގްރޭޑް 7ގެ ފެންވަރު ހުރުން (ގްރޭޑް 7ގެ ސްކޫލް ލީވިންގ ސެޓްފިކެޓް އޮތުން)
  • އުމުރުން 30 އާއި 40 އަހަރާ ދެމެދުގެ އުމުރުފުރައިގެ ފަރާތެއް ކަމުގައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • V1 އަދި C1E ކެޓަގަރީގެ ޑްރައިވިންގ ލައިސެންސް އޮތުން.

މުސާރަ އާއި އިނާޔަތްތަކަށް : -/9،000ރ އާއި -/10،000ރ އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޯޑިނޭޓަރ / ސުޕަވައިޒަރުގެ ދަށުން މަސައްކަތްކުރުން.
  • މަސައްކަތްކުރުމަށް ބޭނުންކުރާ ޓޫލްސް އަދި މިނޫން އެހެންތަކެތި ސާފުކޮށް ބެލެހެއްޓުން.
  • އެއަޕޯޓްގައި ހިންގޭ ހަރަކާތްތަކާއި، ޔުނިޓްގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ

ކުރިމަތިލުމުގެ ސުންގަޑި:  05 މާރިޗު 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :   ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

                             މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް

                             ހުޅުލެ، ދިވެހިރާއްޖެ. 

އިތުރު މަޢުލޫމާތު : ފޯނު 3325511    

އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއުއަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

                     07 ޖުމާދަލްއޫލާ 1436 ހ.

26 ފެބުރުވަރީ 2015
ހޯދާ