މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސީނިއަރ ޔޫތު އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސީނިއަރ ޔޫތު އޮފިސަރ  

މުސާރަ: 6295.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00 ރުފިޔާ

ރޭންކް: އެމް.އެސް 2

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ޔޫތު ސެކްޝަން  

ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މަރުކަޒުގެ ފަރާތުން ޒުވާނުންގެ ދުޅަހެޔޮކަމާ ބެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން. މިގޮތުން، ދެޖިންސުގެ ޒުވާނުންނަށް ޖިމް، އެރޮބިކްސް، ޒުންބާ، ޔޯގާފަދަ ކަސްރަތާއި ޞިިއްޙަތާ ގުޅޭ ޕްރޮގްރާމްތައް ހިންގުން. އަދި މިޕްރޮގްރާމްތައް ހިންގާއިރު، ކަމާ ގުޅޭ މުވައްޒިފުންވާނަމަ، މިސާލަކަށް ޖިމް އާއި އެރޮބިކް އިންސްޓްރަކްޓަރުންނާއި، ކައުންސިލަރުންނާއި ގުޅިގެން މިޕްރޮގްރާމްތައް ރާވައި ހިންގުން.
  2. ޖިމްއާއި އެރޮބިކްސް ފަދަ، ޒުވާނުންގެ ކަސްރަތު ޕްރޮގްރާމްތައް ހިންގާނެ ފަރާތްތައް ބިނާކުރުމަށްޓަކާ ތަމްރީން ޕްރޮގްރާމްތައް އެކުލަވާލާ ހިންގުން.
  3. އަތޮޅުތަކަށް ބޭނުންވާ ކައުންސެލިން ފަދަ ޚިދުމަތް ދޭނެ ފަރާތްތައް ބިނާކުރާނެ ޕްރޮގްރާމްތައް ރާވައި ހިނގުން.
  4. މަރުކަޒުތަކާ ގުޅިގެން އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބާއްވަން ބޭނުންވާ މުބާރާތްތަކާއި ޕްރޮގްރާމްތަކާ ބެހޭ ޕްރޮޕޯސަލްތަކާ ބެހޭ މަސައްކަތްތައް، ޔުނިޓް އަދި ސެކްޝަންގެ ވެރިންނާ ގުޅިގެން ކުރިއަށް ގެންދިއުން.
  5. މަރުކަޒަށް އަންނަ ޒުވާނުންގެ ޚިޔާލު ހޯދާ އެމީހުންގެ ޚިޔާލާ އެއްގޮތަށް ޕްރޮގްރާމްތައް އެކުލަވައިލައި ހިންގުން. މިގޮތުން، ޕްރޮގްރާމްތައް އެކުލަވައިލުމުގައި އެމީހުން ބައިވެރިކުރުން.
  6. ދިވެހިރާއްޖޭގެ ޒުވާނުންނާ ބެހޭ މަޢުލޫމާތު އެއްކުރުމާއި ޒުވާނުންނާ ބެހޭ ޤައުމީ ފެންވަރުގެ ކަންކަމުގައި ޒުވާނުން ބައިވެރިކޮށް ޒުވާނުންގެ ޚިޔާލު ހޯދުން.
  7. ސްކޫލްތަކާއި އެހެނިހެން މުވައްސަސާތަކާ ގުޅިގެން ޒުވާނުންގެ ޕްރޮގްރާމްތައް ހިންގުން.
  8. ސްކޫލްތަކާ މަޝްވަރާކޮށްގެން ފުރާވަރު އުމުރުފުރައިގެ ސްކޫލްކުދިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ރާވައި ހިންގުން.
  9. ޒުވާނުންގެ ފައިދާއާ ކުރިއެރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.
  10. މަރުކަޒުގެ ފަރާތުން ހިންގާނެ ޕްރޮގްރާމްތައް އަހަރު ފެށުމުގެ ކުރިން ރޭވުމާއި ކަލަންޑަރާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.
  11. އަހަރު ފެށުމުގެ ކުރިން މަރުކަޒުގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު އެއްކުރުމުގައި އެހީތެރިވުން.
  12. ޕްރޮގްރާމްތައް ހިންގުމަށް ކަނޑައެޅިފައިވާ ތާރީޚުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.
  13. ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ސާމާނު ހޯދުން. މިގޮތުން، މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް މިކަން ކުރިއަށް ގެންދިއުން.
  14. ހަވާލުވެފައިވާ މަރުކަޒުތަކުގެ ޕްރޮގްރާމްތައް ކުރިއަށްދާ މިންވަރަކުން ބަޖެޓް ބާކީ ބެލުމަށްފަހު، އިތުރުފައިސާ ހުރިނަމަ، ވެރިންގެ ލަފައާއެކު، އެފައިސާ ބޭނުންކޮށްގެން އިތުރު ޕްރޮގްރާމްތައް ހިންގުން.
  15. މަރުކަޒުތަކުން ހިންގޭ ޕްރޮގްރާމްތަކާ ބެހޭ ރިޕޯޓުތައް އެކުލަވައިލުން. އަދި ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުން.
  16. މަރުކަޒުތައް ހިންގުމަށް ކަނޑައެޅިފައިވާ މިނިސްޓްރީގެ މުވައްޒަފު ސުޕަވައިޒް ކުރުން އަދި މަރުކަޒުތަކުގެ އިދާރީ މަސައްކަތްތައް ކުރިއަށްދަނީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅަށްތޯ ބެލުން.
  17. ޔޫތު މިނިސްޓްރީގެ ޕޮލިސީ މަސައްކަތުގައި ބައިވެރިވުން.
  18. އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް، ޒުވާނުންގެ މަރުކަޒުތައް މެދުވެރިކޮށް ހިންގޭ މުނިފޫހިފިލުވުމާއި، އިޖުތިމާއީ ކަންކަމާ ބެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން. މީގެ ތެރޭގައި:
  • މަރުކަޒުގެ ސަގާފީ ، އާޓް އަދި ތިމާވެށީގެ ދާއިރާއިން ޕްރޮގްރާމްތައް ރާވައި ހިންގުން.
  • މަރުކަޒުގެ މިއުޒިކް ޕްރޮގްރާމް ރާވައި ހިނގުން.
  • މަރުކަޒުގެ ފަރާތުން ބާއްވާ އެންމެހައި މުބާރާތްތަކާއި ކުޅިވަރު ޕްރޮގްރާމްތައް ރާވައި ހިނގުން.
  • ޒުވާނުންގެ މަރުކަޒުން ހިންގޭ އެވެއާނަސް ޕްރޮގްރާމްތައް ރާވައި ހިންގުން.

ނޯޓް: 

  • މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
  • މި މަޤާމުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  • މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
  • ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2015 މާރިޗު 10 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން.
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބް ސައިޓް އެޑްރެސް www.youth.gov.mv

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް

06 ޖުމާދަލްއޫލާ 1436

25 ފެބުރުވަރީ 2015
ހޯދާ