ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމްތައް ހިންގައިދޭނޭ ކޮލެޖް/ސެންޓަރެއް ހޯދަން

މިކޯޕަރޭޝަންގެ މުވައްޒަފުން ތަމްރީނުކޮށް ކުރިއަރުވައިދިނުމަށްޓަކައި، މި ހިނގާ 2015 ގެ ނިޔަލަށް ތަފާތު އެކި ތަމްރީނު ޕްރޮގްރާމްތައް ހިންގައިދޭނޭ ކޮލެޖް/ސެންޓަރެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ކަރުދާސް ދޫކުރުން އަދި މަޢުލޫމާތު ބައްދަލުވުން

ޓީސީއެލް ހެޑްއޮފީސް

އާދިއްތަ

8 މާރިޗު 2015

10:00 ގައި

ބިޑް ހުށަހެޅުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

12 މާރިޗު 2015

10:00 ގައި

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯޒަލެވެ.
  • ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
  • ހިމަނަންޖެހޭ މަޢުލޫމާތު؛ ކޮލެޖް/ ސެންޓަރުގެ ޕްރޮފައިލް، ރަޖިސްޓަރީގެ ކޮޕީ، ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ އަދި މިމަސައްކަތާ ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، މަޤާމާއި ފޯނު ނަންބަރު ހިމަނަންވާނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު ބީލަން ފޮތުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015
ހޯދާ