އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

މުވައްޒަފުން ބޭނުންވާ މަޤާމްތައް:

މަޤާމު: އޮފީސް އެސިސްޓަންޓް

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް. 2

މަސައްކަތް ހަމަޖެހިފައިވާ ތަން: އަމީނިއްޔާ ސްކޫލް  

ބޭނުންވާ އަދަދު: 1 (އެކެއް)           

މުސާރަ: މަހަކު -/3،470 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

 މަޤާމުގެ ޝަރުތޠު:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

 ނޯޓް: މި މަޤާމަށް މީހަކު ހޮވުމުގައި (މަޤާމާ ގުޅޭ ތަޖުރިބާ ނެތްނަމަ) ގުރޭޑް 10 ނިންމާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސްކޫލުން އެކިތަންތަނަށް ގެންދާ ތަކެއްޗާއި އެކިފަރާތްތަކަށް ހަވާލުކުރުމަށް ފޮނުވާ ސިޓީއާއި ލިޔުމާއި ތަކެތި އޮފީހުން ހަވާލުކުރުމުން، އެ އެއްޗެއް ހަވާލުކުރަންޖެހޭ ފަރާތަކާ ވަގުތުން ހަވާލުކުރުން.

2- ސްކޫލުން ގަންނަ ތަކެއްޗާއި ލިބޭތަކެއްޗާއި ފައިސާ ފަދަ އެންމެހައި ތަކެތި ބަލާދާންޖެހޭ ތަންތަނަށް ސްކޫލުން އެންގުމުން، ވަގުތުން އެތަނަކަށް ގޮސް އެ ތަކެތި ގެނެސް، ސްކޫލުގެ ކަމާބެހޭ ފަރާތާ ހަވާލުކުރުން.

3- ބިދޭސީ މުއައްޒަފުންގެ ވޯކްވިސާއި ކާޑުހެއްދުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމާއި، ނަގަންޖެހޭ ތަކެތި ކަނޑައެޅިފައިވާ މުއްދަތުގައި ނެގުން.

4- ސްކޫލުން ހަމަޖައްސާ ޑިއުޓީތަކަށް ނުކުމެ، އެޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތެއް ދުވަހުން ދުވަހަށް ނިންމުން.

5- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-  ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

ހުށައަޅަންޖެހޭ ތަކެތި:       

- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް އަމީނިއްޔާ ސްކޫލުން ލިބެންހުންނާނެއެވެ.)

- އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް.

ސުންގަޑި:

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން،  2015 މާރިޗު 8 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، އަމީނިއްޔާ ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މައުލޫމާތު ހޯދުމަށް:  

 ފޯން:  3008736 

 ފެކްސް: 3313726

ނޯޓް:

މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިއުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ، އަމީނިއްޔާ ސްކޫލުގައެވެ.

7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ