ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޭ-ބީ ސީމަން

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:           އޭ-ބީ ސީމަން

އަދަދު:          02 

ކޮންޓްރެކްޓް މުއްދަތު:  01 އަހަރު

އަސާސީ މުސާރަ:   -/5783ރ

މަސައްކަތް ކުރަންޖެހޭތަން: އެމް.ވީ ބޮންތި

އެހެނިހެން އިނާޔަތްތައް:

- ފިކްސްޑް އޯވަރޓައިމް އެލަވަންސް: 1156.60ރ

- ފިކްސްޑް އެލަވަންސް: 1734.75ރ

 ލީވްވޭޖަސް: -/5783ރ – ކޮންޓްރެކްޓް ފުރިހަމަކުރުމުން

- ޕެންޝަން: ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- ޑެކް ޑިޕާޓްމަންޓް ޑިއުޓީ އަދާކުރުން

- ދުވަހުން ދުވަހަށް ކުރަންޖެހޭ ރިޕެއަރ އަދި މެއިންޓެނަންސް މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ:

- މަސައްކަތާގުޅޭ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން އަދި މަދުވެގެން ދެއަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ފެބުރުވަރީ 26 ވާ (ބުރާސްފަތި) ދުވަހު 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް/ މެޑިކަލް ރިޕޯޓް/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:3344272 ފެކްސް:  3344341  ވެބްސައިޓް: www.stomaldives.com

19 ފެބުރުވަރީ 2015
ހޯދާ