މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެޝިނަރީ ހޯދައިދޭނެ ފަރާތެއް ހޯދުމަށް

މެޝިނަރީ ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާއަށާއި ފައިނު ޕްރީ ސްކޫލަށް ބޭނުންވާ ތިރީގައިމިވާ ތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ހޯދަން ބޭނުންވާ ތަކެތި:

  • 10 ކޮމްޕިއުޓަރ ސިސްޓަމް
  • 2 ލެޕްޓޮޕް
  • 1 ޕްރޮޖެކްޓަރ
  • 2 ފޮޓޯކޮޕީމެޝިން (މަލްޓިފަންކްޝަން)
  • 1 ސައުންޑް ސިސްޓަމް

މަތީގައި ދެންނެވުނު ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ، 26 ފެބުރުވަރީ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ ކެނޑުން އޮންނާނީ 5 މާރިޗު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައެއްނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6580072 ނަންބަރު ފޯނާއެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ހުށަހަޅާ އަގު
  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު
  • ވޮރެންޓީ
17 ފެބުރުވަރީ 2015
ހޯދާ