މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް

ކައުންސިލް އިދާރާއަށް ބޭނުންވާ ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިދާރާއަށާއި ފައިނު ޕްރީ ސްކޫލަށް ބޭނުންވާ ތިރީގައިމިވާ ތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ހޯދަން ބޭނުންވާ ތަކެތި:

  • 5 ގޮނޑި (Middle Back)
  • 50 ޕްލާސްޓިކް ގޮނޑި
  • 5 ޕްލާސްޓިކް ގޮނޑި (ކުދި)
  • 1 ވަޅުދިޔަހިއްކާ ޕަމްޕް

މަތީގައި ދެންނެވުނު ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ، 26 ފެބުރުވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށްފަހު ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ ކެނޑުން އޮންނާނީ 5 މާރިޗު 2015 ވަނަ ދުވަހުގެ ހެނދުނު 10:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައެއްނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6580072 ނަންބަރު ފޯނާއެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ހުށަހަޅާ އަގު
  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު
  • ވޮރެންޓީ
17 ފެބުރުވަރީ 2015
ހޯދާ