މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މީޑީއަމް ޓަރމް މެކްރޯ –ފިސްކަލް ފްރޭމްވޯކް އަދި ބަޖެޓް ކޮންސަލްޓެންޓް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

ޕްރޮޖެކްޓް އައި.ޑީ: P145317

ނަންބަރު: IUL)13-PMU/13/2015/38)

މީޑީއަމް ޓަރމް މެކްރޯ–ފިސްކަލް ފްރޭމްވޯކް އަދި ބަޖެޓް ކޮންސަލްޓަންޓް (އިންޓަރނޭޝަނަލް) ހޯދުމާބެހޭ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރިއަށްގެންދާ ދަޢުއުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން މީޑީއަމް ޓަރމް މެކްރޯ–ފިސްކަލް ފްރޭމްވޯކް އަދި ބަޖެޓް ކޮންސަލްޓެންޓެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މިކޮންސަލްޓެންސީގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި ހަރުދަނާ  މެކްރޯ-ފިސްކަލް ފްރޭމްވޯކެއް ޤާއިމުކުރުމާއި ދައުލަތުގެ ދަރަނި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރްޜަރީން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު، މިފަދަ މާހަލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު، އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރެއް އަދި ދުވާލަކަށް ހުށަހަޅާ އުޖޫރަ އެނގޭގޮތަށް ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވާރލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011ގައި ތައްޔާރުކޮށް، ޖުލައި 2014ގައި އިޞްލާޙު ކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

މިޕްރޮޖެކްޓުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ 14 ހަފުތާ ރާއްޖޭގައި އަދި 8 ހަފުތާ އަމިއްލަ ޤައުމުގައި ކުރެވޭގޮތަށެވެ. މިމަސައްކަތަށް ހޮވޭ ފަރާތް މާރިޗު/އެޕްރީލް 2015ގައި މަސައްކަތް ފަށަންވާނެއެވެ.

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ފެބުރުވަރީ 2015ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މުޙައްމަދު ޔާމިން

ޕްރޮޖެކްޓް ކޯޑިނޭޓަރ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 3349398 ، 33491266

ފެކްސް: 3320706 ، 3324432

އީމެއިލް:[email protected]

[email protected]

12 ފެބުރުވަރީ 2015
ހޯދާ