ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮޑިޓަރ

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: އޮޑިޓަރ

އަދަދު: 04

މުސާރައާއި މަޤާމު ކަނޑައެޅުމުގައި ލިބިފައިވާ ތަޢުލީމީ ސަރޓިފިކެޓްތަކަށާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެ

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓްް: އެސްޓީއޯ އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/2500ރ އާއި -/5000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމް ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

* މެޑިކަލްއިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

* އެނުއަލް އޮޑިޓްގެ ޕްލޭންގެ ދަށުން އިންޓާނަލް އޮޑިޓްތައް ރާވައި ހިންގުން.

* ޚާއްޞަ އޮޑިޓްތައް ހިންގުން

* އޮޑިޓް ޑިޕާރޓްމަންޓުގެ އިދާރީ މަސައްކަތްތައްް ކުރުން.

* އޮޑިޓް ރިޕޯޓް ތައްޔާރުކޮށް މެނޭޖަރ އަދި ޗީފް އިންޓާނަލް އޮޑިޓަރަށް ޕްރެޒެންޓް ކުރުން

ތަޢުލީމާއި ތަޖްރިބާ:

* އޭސީސީއޭ ސްކިލްސް (ލެވެލް 2) ފުރިހަމަކޮށްފައިވުން ނުވަތަ ސީ.އައި.އެމް.އޭ ގެ މެނޭޖްމަންޓް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ އެކައުންޓިންގ / ފައިނޭންސް ދާއިރާއިން ޑިގްރީ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

* މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން. 

* އޮޑިޓް ނުވަތަ އެކައުންޓިންގގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ފެބުރުވަރީ 24 (އަންގާރަ) ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް:http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344261ވެބްސައިޓް: www.stomaldives.com އީމެއިލް: [email protected]

12 ފެބުރުވަރީ 2015
ހޯދާ