ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާ

މިއެސޯސިއޭޝަންގެ 2014 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ 2015 ފެބުރުވަރީ 20 ވާ ހުކުރު ދުވަހުގެ 21:00 ( ރޭގަނޑު ) ގައި ޒުވާނުންގެ މަރުކަޒުގެ ސެމިނަރރޫމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ މިއެސޯސިއޭޝަންގެ މެމްބަރ ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ތެރެއިން އެކްލަބެއް، ޖަމްޢިއްޔާ، ނުވަތަ ޖަމާޢަތެއް ތަމްސީލުކުރާ މަންދޫބެއްގެ ( 1 މެމްބަރު ) މަޢުލޫމާތު ސާފުކުރުމަށް މިއެސޯސިއޭޝަނުން ދޫކުރާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2014 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. މަންދޫބުގެ މައުލޫމާތު ފޯމު މިއެސޯސިއޭޝަނުން ލިބިވަޑަިގަންނަވާނެއެވެ. މަންދޫބުގެ މަޢުލޫމާތު ފޯމު ހުށަހަޅުއްވާއިރު، ހުށަހަޅުއްވަންވާނީ އެކްލަބެއް ނުވަތަ ޖަމްޢިއްޔާއެއްގެ ތައްގަނޑު ޖަހާފައި އަސްލު ލިޔުމެވެ. މަންދޫބުންގެ މަޢުލޫމާތު ފޯމު މިއެސޯސިއޭޝަނަށް ހުށަނާޅުއްވާ މެމްބަރު ކްލަބް/ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަހަރީ ޖަލްސާގައި ބައިވެރި ނުވެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަބީޢުލްއާޚިރު 1436 

09 ފެބުރުވަރީ 2015
ހޯދާ