މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ

 އިޢުލާން

މި މިނިސްޓްރީގައި ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

1- މަޤާމް: ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ

ބޭނުންވާ އަދަދު:  1

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:  އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް

މަޤާމް ނަމްބަރު

206461

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް 2

މުސާރައާއި އިނާޔަތްތައް

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމް އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. މިނިސްޓްރީގެ ސަރވަރތައް އިންސްޓޯލްކުރުމާއި، ކޮންފިގަރ ކުރުމާއި އަދި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމާއި، އަޕްގްރޭޑް ކުރުން. މިފަދަ ތަކެތި ހޯދުމަށް އެސެސްމެންޓް ހެދުމާއި، ބަޖެޓްކުރުމާއި ޕްރޮކިއުމަންޓް ޑޮކިއުމަންޓްތައްޔާރުކޮށް ތަކެތި ހޯދުމާއި އިންސްޓޯލްކުރުމާހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން.
  2. މިނިސްޓްރީން ބޭނުން ކުރާ ބޮލި އިންފޮމޭޝަން ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތަކާއި އަލަށް ބޭނުންވާ މޮޑިއުލް ތަކުގެ އެސެސްމަންޓް ހެދުމާއި، ސިސްޓަމް ޑިޒައިންކުރުމަށް ބޭނުންވާ ޕްރޮސެސް އެނަލިސިސް ހެދުމަށް ޤާނޫނުތަކާއި ޤަވާއިދު ރިވިއުކޮށް އެކަމަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމާއި އިންޓަރނަލް އަދި އެކްސްޓަރނަލް މީޓިންގތައް ކޯޑިނޭޓްކުރުމާއި، އަލަށް ޑިޕްލޮއި ކުރެވޭ މޮޑިއުލްތައް ޓެސްޓްކުރުމާއި އަދި ލައިވްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  3. މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކުރުމަށްޓަކައި ބޮލިސިސްޓަމަށް އިނޮވޭޓިވް ފީޗަރޒް ޑިޒައިންކޮށް މެނޭޖްމަންޓްގެ ހުއްދައާއެކު ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ (NCIT) އާއިއެކު މަސައްކަތްކޮށް އިމްޕްލިމެންޓްކުރުން.
  4. ބޮލި ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީންނާއި ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުމާއި އޮފީހުގެ މަސައްކަތުގައި އެހެނިހެން ޔުނިޓްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން.
  5. މިނިސްޓްރީއާއި ސިވިލް ސަރވިސް އިން ކަނޑައަޅާފައިވާ އައިޓީ އުސޫލުތައް އެންފޯސް ކުރުމާއި މުވައްޒަފުން އަހުލުވެރިކުރުވުން.
  6. އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް ބެލެހެއްޓުމާއި ޔުނިޓުގެ މަސައްކަތް ރޭވުމާއި، މަސައްކަތުގެ އެސް.އޯ.ޕީ ތައްޔާރުކުރުން އަދި މިނިސްޓްރީއާއި ސިވިލް ސަރވިސް އިން ކަނޑައަޅާފައިވާ އައިޓީ އުސޫލުތައް އެންފޯސް ކުރުމާއި މުވައްޒަފުން އަހުލުވެރިކުރުވެން.
  7. އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ މުވައްޒަފުންގެ ޖޮބް ޑިސްކްރިޕްޝަން ހެދުމާއި، މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުން އިވެލުއޭޓްކޮށް ޔުނިޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ސަޕޯޓްދިނުން.
  8. މިނިސްޓްރީގައި ބޭނުންކުރާ ވެބްސައިޓްތަކާއި، އީމެއިލް، ޖެމްސް، އެޗްއާރު އަދި ބޮލި ސިސްޓަމްގެ ޚިދުމަތްތަށް މެދުނުކެނޑި މިނިސްޓްރީގެ ނެޓްވޯރކަށް ލިބޭތޯ ޔަގީންކުރުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމު މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމު މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތަރީޚާއި ތަން

އިންޓަރވިއު ކުރުން:

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފުތާ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭ ގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާއި ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 25 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 14.30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ  hr@trade.gov.mv އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެއޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސާރވިސްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަމްބަރު: 3333174، 3333143 އަށް ގުޅުއްވުމުން ނުވަތަ hr@trade.gov.mv އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

21 ރަބީޢުލްއާޚިރު 1436

 

 

11 ފެބުރުވަރީ 2015
ހޯދާ