ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްއާބެހޭ

އިޢުލާން

7 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުން ފެށިގެން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްއާބެހޭ އެންމެހައި ޚިދުމަތްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް ކަމުގައި ހަމަޖައްސައި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އަދި ދަންނަވަމެވެ. އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވޭ ގަޑިއަށް މިގެނެވުނު ބަދަލާ ގުޅިގެން މި ސިސްޓަމްގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މިފަދަ ކަންތައްތަކުގައި ތިޔަ ފަރާތްތަކުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް، އެކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

15 ރަބީޢުލްއާޚިރު 1436

05 ފެބުރުވަރީ 2015
ހޯދާ