ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާ

އިޢުލާން 

މި އެސޯސިއޭޝަންގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 2015 ފެބުރުވަރީ 20 ވާ ހުކުރު ދުވަހުގެ 21:00  (ރޭގަނޑު) ގައި ޒުވާނުންގެ މަރުކަޒުގެ ސެމިނާރ ރޫމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރި ވުމަށް ބޭނުންފުޅުވެލައްވާ މިއެސޯސިއޭޝަންގެ މެންބަރު ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ތެރެއިން އެކްލަބެއް، ޖަމްޢިއްޔާ، ނުވަތަ ޖަމާޢަތެއް ތަމްސީލުކުރާ މަންދޫބެއްގެ (1 މެންބަރު) މަޢުލޫމާތު ސާފުކުރުމަށް މިއެސޯސިއޭޝަނުން ދޫކުރާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2014 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި އެސޯސިއޭޝަނަށް ހުށަހެޅުވުން އެދެމެވެ. މަންދޫބުގެ މަޢުލޫމާތު ފޯމު މިއެސޯސިއޭޝަނުން ލިބިވަޑަިގަންނަވާނެއެވެ. މަންދޫބުގެ މަޢުލޫމާތު ފޯމު ހުށަހަޅުއްވާއިރު، ހުށަހަޅުއްވަން ވާނީ އެކްލަބެއް ނުވަތަ ޖަމްޢިއްޔާއެއްގެ ތައްގަނޑު ޖަހާފައި އަސްލު ލިޔުމެވެ. މަންދޫބުންގެ މައުލޫމާތު ފޯމު މިއެސޯސިއޭޝަނަށް ހުށަނާޅުއްވާ މެމްބަރު ކްލަބް/ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަހަރީ ޖަލްސާގައި ބައިވެރި ނުވެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ރަބީޢުލްއާޚިރު   1436 

04 ފެބުރުވަރީ 2015
ހޯދާ