MBA
ދިވެހިރާއްޖެ
3 ވަނަ ޔުނިވަރސިޓީ / ކޮލެޖް ބާސްކެޓްބޯޅަ މުބާރާތް 2015

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 1 މާރިޗު 2015 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 3 ވަނަ ޔުނިވަރސިޓީ / ކޮލެޖް ބާސްކެޓްބޯޅަ މުބާރާތް 2015 ގައި ބައިވެރިވުމަށް ބޭނުންވާ ޔުނިވަރސިޓީ / ކޮލެޖްތަކުން 15 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި ޓީމުލިސްޓު 22 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މިމުބާރާތުގެ ގަވާއިދާއި އިތުރު މަޢުލޫމާތު މިއެސޯސިއޭޝަންގެ ވެބްސައިޓް (www.mba.org.mv) އަދި ފޭސްބުކް ގްރޫޕް (Maldives Basketball Association-MBA) އިން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

03 ފެބުރުވަރީ 2015
ހޯދާ