ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޭ.އެފް.ސީ ކޯޗިންގ އިންސްޓްރަކްޓަރ ކޯހުގައި ބައިވެރިވުމަށް

26 އެޕްރީލް 2015 އިން 03 މޭ 2015 ގެ ނިޔަލަށް ފިލިޕިންސްގެ މެނީލާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ ކޯޗިންގ އިންސްޓްރަކްޓަރ ކޯހުގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް 1 ޖާގަ ލިބިފައިވުމާއެކު، މިކޯހުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިކޯހުގައި ބައިވެރިވުމުގެ ޝަރުޠު ތިރީގައި މިވަނީއެވެ.

ޝަރުޠު:

  1. އޭ.އެފް.ސީ "A" ލައިސަންސް ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތަކަށްވުން.
  2. އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން (ލިޔުމާއި، ވާހަކަ ދެއްކުން) އެނގުން.
  3. އައިޓީ ދާއިރާ ނުވަތަ ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.

ވީމާ، މިކޯހުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހިނގާ ފެބްރުއަރީ މަހުގެ 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދި ސިޓީއާއެކު ސީވީ މިއެސޯސިއޭޝަނަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މިކޯހަށް ހޮވޭ ފަރާތުން، ކޯސް ނިންމެވުމަށްފަހު އެނބުރި މާލެ އައިސް، އެފް.އޭ.އެމް އިން ރާވާ ހިންގާ ކޯޗިންގކޯސްތަކުގައި، 2 އަހަރު ދުވަހުގެ މުއްދަތަށް، އަގަކާ ނުލައި ކިޔަވައިދޭންޖެހޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

03 ފެބުރުވަރީ 2015
ހޯދާ