މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މީޤާތު ލިލް ޙައްޖި ވަލްޢުމްރާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސަށް ބަދަލުގެނައުން

 

ދިވެހި ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް،  ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ދަށުން މީޤާތު ލިލް ޙައްޖި ވަލް ޢުމްރާ ޕްރައިވެޓް ލިމިޓެޑަށް މި ކޮމިޝަނުން ދޫކޮށްފައިވާ ނަންބަރު:  LCM/CML(TV)/2012/05 - 427ގެ ލައިސަންސުގެ ވެރިފަރާތް ބަދަލުކޮށް އަންނަނިވި އިސްލާހު ގެނެސްފީމެވެ.

  1. ލައިސަންސް ބަދަލުކުރެވުނު ފަރާތް: މީޑިޔާ ފައުންޑޭޝަން ޕްރައިވެޓް ލިމިޓެޑް
  2. ލައިސަންސް ބަދަލުކުރެވުނު ފަރާތުގެ ޙިއްޞާދާރުން  :

         (1)  އިބްރާހިމް ފައުޒީ، ހުޅުމާލެ ފުލެޓް 04-1-73/ކ.މާލެ

        (2)   އިބްރާހިމް މުޙައްމަދު، ގ.ޝޭޑީ ގްރައުންޑް/ކ.މާލެ

        (3 )  އިބްރާހިމް ނާޡިމް، މ ވައިލެޓްމާގެ/ކ.މާލެ

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

27 ރަޖަބު 1434

06 ޖޫން 2013
ހޯދާ