ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލެއްގެ ކޮންސެޕްޓް ޑިޒައިން، ބީއޯކިއު އަދި ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޯޕަރޭޝަނުގެ ފަރާތުން ހުޅުމާލެ (ނެއިބަރހުޑް އެކެއް) ގައި އިމާރާތްކުރުމަށް ބޭނުންވާ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލެއްގެ ކޮންސެޕްޓް ޑިޒައިން، ބީއޯކިއު އަދި ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ފެބުރުވަރީ 2015 ވާ ދުވަހުގެ 13:00އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ފެބުރުވަރީ 2015 ވާދުވަހުގެ 13:00އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިބިޑްގެ ޑޮކިއުމެންޓްސް މި ކޯޕަރޭޝަންގެ ވެބްސައިޓްގެ ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ޕްރީބިޑް މީޓިންގއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

ލިންކް: http://hdc.com.mv/announcements

އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީގެ 3355194 ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

12 ރަބީޢުލްއާޚިރު 1436

02 ފެބުރުވަރީ 2015
ހޯދާ