ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މިކުންފުނީގެ މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

އަދަދު

މަޤާމް

4

ސާރވިސް ސަޕޯޓް ޓެކްނީޝަން

2

ޓެކްނިކަލް ސަޕޯރޓް އިންޖިނިއަރ

 

*އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސްތައް ކަނޑައަޅަނީ ލިބިފައިވާ ތަޖުރިބާ އަދި ތަޢުލީމީ ސެޓްފިކެޓްތަކަށް ބެލުމަށްފަހުގައި

*މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސްޓީއޯ މެޑިކަލް ސާވިސް އޮފީސް - ބަޔޯމެޑިކަލް އިންޖިނިއަރިންގ ޔުނިޓް

އެހެނިހެން ޢިނާޔަތްތައް:

* މެޑިކަލް އިކްއިޕްމަންޓް ސާރވިސް ޓްރެއިނިންގ ޕްރޮގްރާމްތަަކުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއިން ބޭރުންްނާއި އަދި ރާއްޖެއިން ދެވޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* މެނުފެކްޗަރަރ ގައިޑްލައިންސްއާ އެއްގޮތަށް ބަޔޯމެޑިކަލް އިކުއިޕްމަންޓްސް އިންސްޓޯލް ކުރުން

* މެނުފެކްޗަރަރ ގައިޑްލައިންސްއާ އެއްގޮތަށް ބަޔޯމެޑިކަލް އިކުއިޕްމަންޓްސްގެ މެއިންޓެނަންސް ބެލެހެއްޓުން

* ބަޔޯމެޑިކަލް އިކުއިޕްމަންޓްސްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން

* އިކުއިޕްމަންޓްތަކުގެ އިންސްޓަލޭޝަން ރިކޯޑުތައް ލޮގް ކުރުމާއި ޕްރިވެންޓިވް މެއިންޓެނަންސް ކިޓްތައް ބަލަހައްޓައި މެއިންޓަނަންސް މަސައްކަތް ކުރުން

ތަޢުލީމީ ތަޖުރިބާ:

*ޖީސީއީ އޭލެވެލް ފުރިހަމަކޮށް ހިސާބު އަދި ފިސިކްސް މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

އެހެނިހެން ހުނަރު:

* ކޮމްޕިއުޓަރ ހާރޑްވެއަރ އަދި ސޮފްޓްވެއަރ ކޯސް ނުވަަތަ އިލެކްޓްރިކަލް އިންޖިނިއަރިންގ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ފެބުރުވަރީ 6 ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ. (ވަޒީފާއަށް ހޮވޭ ފަރާތްތަކަށް މިރިޕޯޓްތައް ހުށަހަޅަން ދެންނެވޭނެއެވެ.)
  • މަތީގައި ދެންނެވިފައިވާ ވަޒީފާތަކަށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާ އިރު ދެ މަގާމްއަށްވެސް އިސްކަންދޭ ތަރުތީބް ފާހަގަ ކުރައްވައި ކުރިމަތި ލެވިދާނެއެވެ، ނަމަވެސް ވަޒީފާގެ ފުރުސަތު ދެވޭނީ ހުށަހެޅޭ އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ކުދިންނަށް އިސްކަންދެވޭ ތަރުތީބުންނެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344245/3344368   ފެކްސް:  3344041  އީމެއިލް: [email protected]

28 ޖެނުއަރީ 2015

28 ޖަނަވަރީ 2015
ހޯދާ