ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯޅަ މުބާރާތުގެ ގަވާއިދަށް ބަދަލު ގެނައުން

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަނާއި އަދި ވީ.އޭ.އެމް ކަޕް ( އެސޯސިއޭޝަން ކަޕް ) ފިރިހެން ޑިވިޜަން ގެ ގަވާއިދަށް ބަދަލު ގެނައުމާގުޅޭ.

ރައީސުލްޖުމްހުރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ 47 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަން އަދި ވީ.އޭ.އެމް ކަޕް ( އެސޯސިއޭޝަން ކަޕް-2015 ) ގެ ފިރިހެން ބައިގައި މިހާރު ޢަމަލު ކުރަމުންދާ ގަވާއިދަށް ވަނީ ބަދަލު ގެނަވިފައެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ މުބާރާތެއްގެ ޓީމު ލިސްޓުގައި ބިދޭސީ 2 ކުޅުންތެރިން ޖެހޭނެއެވެ. ޓީމު ލިސްޓުގައި ޖެހުމަށް ފުރުޞަތު ދެވޭ 2 ކުޅުންތެރިންގެ ތެރެއިން 1 ކުޅުންތެރިޔަކު ވާންޖެހޭނީ އޭޝިއަން ސެންޓަރަލް ޒޯންގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން (އަފްޣާނިސްތާން، ބަންގުލަދޭޝް، ބޫޓާން، ކިރުގިސްތާން، ނޭޕާލް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި އުޒުބެކިސްތާން) ޤައުމެއްގެ ކުޅުންތެރިޔަކަށެވެ

ވީމާ، މިކަން މިއެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ރަބީޢުލްއާޚިރު 1436 

26 ޖަނަވަރީ 2015
ހޯދާ