ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ހިންގުމަށް

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ކޮޅުމަޑުލު އަތޮޅުކައުންސިލް ގުޅިގެން އަތޮޅުގައި ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޯހާ ބެހޭ މަޢުލޫމާތު:

ކޯހުގެ ނަން

ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން   

މުއްދަތު

3 މަސް

ކިޔެވުން ފެށޭ ތާރީޚު

ފެބުރުވަރީ 2015

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފްތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު. (ބައިވެރިން ލިބޭގޮތަށް ބަލައި މިނޫން ދުވަސްތަކެއްގައި ކިޔަވައިދޭގޮތަށް ހަމަޖެއްސުމަކީ އެކަށީގެންވާކަމެއް)

ބައިވެރިވުމުގެ ޝަރުޠު

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

ޢުމުރުން 18 އަހަރުފުރި ގުޅުންހުރި ދާއިރާއެއްގެ 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކޯސް ބާއްވާ ތަން

ތ. ވޭމަންޑޫ (ބައިވެރިން ލިބޭގޮތަށް ބަލައި އެހެން ރަށެއްގައި ބޭއްވުމަކީވެސް އެކަށީގެންވާކަމެއް)

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ

ކައުންސިލް އިދާރާތަކުން، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް/ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާއިން، ނުވަތަ އަތޮޅުކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ. ވެބްސައިޓް އެޑްރެހަކީ thaa.gov.mv

 

ހުށަހަޅަންވީ ތާރީޚު

12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ކުރިން ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާއަށް ( މެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެ. މެއިލް އެޑްރެހަކީ [email protected] ، ފެކްސް ނަންބަރަކީ 6780042 )

ހުށަހަޅަންޖެހޭ ތަކެތި

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު

އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ

އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ޖަހާފައިވާ ސަނަދުތަކުގެ ކޮޕީ

މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން

ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން

ކޯހުގެ ފީ

-/2000 ރުފިޔާ ( އެއްފަހަރާ ނުވަތަ އެކިފަހަރު މަތިން ދެއްކިދާނެ )

ކޯހުގެ ބައިވެރިން ހޮވުން

ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން.

އިތުރު މަޢުލޫމާތު

ކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9969609 ނަންބަރު ފޯނަށް

ވީމާ މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.  

29 ރަބީޢުލްއައްވަލް 1436

20 ޖަނަވަރީ 2015
ހޯދާ