ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެ

އިޢުލާން

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިޔުޓާއި ކޮޅުމަޑުލު އަތޮޅުކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން  ކޯހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ.

ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިޔުލްތައް:

No.

Module name

1

Introduction, Fundamentals of Administration and general office procedures.

2

English language proficiency

3

Office Dhivehi

4

Computer Proficiency

5

Customer service, Communication and Telephone skills

6

Individual excellence: Secrets of Career success

Stress management

Conflict resolution

Time management skills

Team building

ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް:

  • ތަޢުލީމު
  • ކިޔަވައިދިނުމުގެ ތަޖުރިބާ
  • މަސައްކަތު ތަޖުރިބާ

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު ދުވަހުއެވެ. ނަމަވެސް ކޯހުގެ ބައިވެރިން ލިބޭގޮތަކުން މިނޫން ދުވަސްތަކެއްގައި ކިޔަވައިދޭގޮތަށް ހަމަޖައްސަން ޖެހިދާނެ ވާހަކަވެސް ދެންނެވީމެވެ.

ކޯހުގައި ކިޔަވައިދެއްވުމުގެ އުޖޫރައެއްގެގޮތުގައި ގަޑިއަކަށް ދެވޭނީ 150.00 ރުފިޔާއެވެ.

މި ކޯހަށް ކިޔަވައިދިނުމަށް މީހުން ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިސްޓިޓިއުޓުން ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 ވާ ބުރާސްފަތިދުވަހުގެ 2.00 ގެ ކުރިން މިކަމަށްއެދި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީއާއި ވަނަވަރު، އައި.ޑީ.ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ކޮޕީ މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެ ވާހަކަ ދެންނެވީމެވެ. މެއިލް އެޑްރެހަކީ admin@thaa.gov.mv ، ފެކްސް ނަމްބަރަކީ 6780042 އެވެ.  މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9969609 ނަންބަރަށެވެ.

29 ރަބީޢުލްއައްވަލް 1436

20 ޖަނަވަރީ 2015
ހޯދާ