ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ

އިޢުލާން

މި ކުންފުނީގެ ލޭބަރަރގެ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ލޭބަރަރ (ގްރޭޑް 1)

މަޤާމުގެ ބާވަތް: 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް

އަދަދު: 3 (ތިނެއް)

އަސާސީ މުސާރަ: މަހަކު -/3،240 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ފިއުލް ޑިސްޓްރިބިއުޝަން ސެންޓަރ (ކ. ފުނަދޫ)

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: މަހަކު -/2،000 ރުފިޔާ - -/3،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

* ރަށުތެރެ ކުނިކަހައި، ވިނަނޮޅައި ސާފުކުރުމާއި، އިމާރާތްތައް ފޮޅައި ސާފުކުރުމާއި، ކުލައާއި ދަވާދުލުން.

* ތެޔޮ ބޯޓުފަހަރުގެ މަސައްކަތް ކުރުން.

* ވޭލަރާއި ދޯނީގައި ފަޅުވެރިއެއްގެގޮތުން މަސައްކަތްކުރުން.

* އެކިއެކި ތަންތަނުން ފުނަދޫއަށް ގެންނަންޖެހޭ ތަކެތި ގެނައުމާއި، ފުނަދޫން އެކިތަންތަނަށް ގެންދަންޖަހޭ ތަކެތި ގެންދިއުން.

ތަޢުލީމާއި ތަޖުރިބާ:

* ގުރޭޑް 7 ގެ ފެންވަރުހުރި މީހެއްކަމުގައި ވުމާއެކު، އިނގިރޭސި ބަހާއި  ދިވެހިބަހުން ހުންނަ އެއްޗެހި ލިޔަން ކިޔަން އެނގުން.

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

* ފަޔަރ ފައިޓިންގ ޓްރެއިނިންގ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖަނަވަރީ 27 އަންގާރަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމް، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

http://www.stomaldives.com/downloads/އެސްޓީއޯ ވެބްސައިޓް:

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިގެން، އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344261 ފެކްސް:  3344341    ވެބްސައިޓް: www.stomaldives.com

28 ރަބީޢުލްއައްޥަލް 1436

19 ޖަނަވަރީ 2015
ހޯދާ