ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދޯނި ކްރޫ (ދޯނި ފަޅުވެރި)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިޢުލާނަކީ 15 ޖަނަވަރީ 2015 އާ ހަމައަށް މުއްދަތު ހަމަވެފައިވާ އިޢުލާނަށް ހުށަހަޅާފައިވާ ފަރާތްތައް މަދުކަމުން އަލުން މުއްދަތު އިތުރުކޮށްފައި ކުރެވޭ އިޢުލާނެކެވެ.

މަޤާމް: ދޯނި ކްރޫ (ދޯނި ފަޅުވެރި)

ޑިޕާޓްމަންޓް: މުނިސިޕަލް ސަރވިސަސް އެންޑް ޕްރޮޕަޓީ މެއިންޓަނަސް

ސެކްޝަން: ސައިޓް އޮޕަރޭޝަން، ވޯރކްޝޮޕް، ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް

ބޭނުންވާ އަދަދު: 1 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- ގްރޭޑް 8 ގެ ފެންވަރު ހުރުން. ނުވަތަ؛

- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ދޯނީގެ ފަޅުވެރިއެއްގެގޮތުން ދޯނި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ކޮންމެ ޙާލަތެއްގައިވެސް ދޯންޏަށް ގެއްލުމެއް ނުވާނޭފަދައިން، މާލިމީގެ އިރުޝާދުތަކާ އެއްގޮތްވާގޮތުގެމަތިން ފަރުވާތެރިކަމާއެކު ވަޒީފާގެ އެންމެހައި ޒިންމާތައް އަދާކުރުން.

- ދަތުރުމަތީގައްޔާއި ފަޅުގައި ދޯނި އޮންނައިރު، ދޯނީގެ ކަންތައްތައް ބެލެހެއްޓުން.

- މުދާއުފުލުމަށް ކުރެވޭ ދަތުރުތަކުގައި މުދާ ބޭލުމާއި މުދާ އެރުވުމުގައި ފަޅުވެރިންގެ އެހީތެރިކަން ބޭނުންވެއްޖެ ހިދެއްގައި، އެ ޚިދުމަތް ފޯރުކޮށްދިނުން.

- ދޯނި ފަޅުގައި އަޅާފައި ހުންނަ ވަގުތުތަކުގައްޔާއި ދޯނި މަރާމާތުކުރުމަށް އެހެލެވިފައިވާ ވަގުތުތަކުގައި ދޯނި ކައިރީ މަޑުކޮށް ދޯނީގެ ކަންތައް ބެލެހެއްޓުން.

- ދޯނީގެ ފެހިކަހައި ކުލަލުމުގެ މަސައްކަތްކުރުން.

- މަޤާމާއި ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

- މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، ސަލާމަތީ ކަންތައްތައް އެނގުން.

- ފަތަން އެނގޭ ފަރާތަކަށްވުން.

- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތްކުރެވޭނެފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

- އުމުރުން 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 4300.00 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން މަހަކު 9227.50. ރުފިޔާ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން، މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ، ކުންފުނީގެ އުސޫލްތަކާ އެއްގޮތްވާގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތަކާއި، ސުންގަޑިއާއި، ހުށަހަޅަންޖެހޭ ތަން:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ވަނަވަރާއި، އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީއާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، 2015 ޖަނަވަރީ 25 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް، މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި މާލޭ އޮފިހުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                        3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                             ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                                                           ފޯނު: 3353535   

ފެކްސް: 3335892                                                                         ފެކްސް: 3358892

22 ޖަނަވަރީ 2015
ހޯދާ