މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރިސާރޗް ކޯޑިނޭޓަރ

2015 ވަނަ އަހަރު ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭގެ ނަމުގައި ސާރވޭއެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިސަރވޭ ކުރިޔަށް ގެންދިއުމަށްޓަކައި ރިސާރޗް ކޯޑިނޭޓަރެއް ބޭނުންވެއެވެ. ވީމާ, މިމަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ރިސާރޗް ކޯޑިނޭޓަރ

މުއްދަތު

08 މަހާއި 12 މަސް ދުވަހާ ދެމެދު

މުސާރަ

-/10000 ރުފިޔާ (މަހަކު)

އެލަވަންސް

-/5700 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ނެޝަނަލް އޭޑްސް ޕްރޮގްރާމް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަޢުލީމާއި ތަޖުރިބާ

  • ޖީ.ސީ.އީ އޯލެވެލް ތިން މާއްދާއިން ފާސްވެފައިވުމާއި ސޯޝަލް މެޕިންގ ޕްރޮޖެކްޓްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު އެޗް.އައި.ވީ ޖެހުމުގެ ފުރުޞަތު ބޮޑު ގްރޫޕަކާއެކު 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އަދި މީގެ އިތުރުން އެޗް.އައި.ވީ ޕްރޮޖެކްޓެއްގައި ނުވަތަ ރިސަރޗް ފީލްޑްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ނޯޓް: މިމަޤާމުގެ ޓީއޯއާރު މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެއެވެ. (www.health.gov.mv)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ ލިޔުންތައް

ސުންގަޑި

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ޖަނަވަރީމަހުގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014470 އެވެ.

13 ޖަނަވަރީ 2015
ހޯދާ