ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސަރވިސް ސަޕޯޓް ޓެކްނިޝަން / ގރ. 1

މިކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: ސަރވިސް ސަޕޯޓް ޓެކްނިޝަން / ގރ. 1

އަދަދު: 1

މުސާރަ: -/4690

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސާރވިސް ސެންޓަރ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/2000ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ދާއިމީވުމުން ހެލްތު އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ.
  • މަތީތައުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • އެއަރކޮންޑިޝަނިންގ އާއި ރެފްރިޖެރޭޝަންގެ މަސައްކަތްތައް ކުރުން
  • އާޕްޓަރ ސޭލްސް ސަރވިސް ފޯރުކޮށްދިނުން

ތަޢުލީމާއި ތަޖުރިބާ:

  • ރެފްރިޖެރޭޝަން އެންޑް އެެއަރކޮންޑިޝަނިންއިން އެޑްވާންސް ސެޓުފިކެޓެއް އޮތުން
  • މަޤާމާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރު މަސައްކަތް ކޮށްފައިވުން

އެހެނިހެން ހުނަރު:

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
  • ވަޒީފާ އަދާކުރާ ސްޓޭޝަން ނޫން އެހެނިހެން ސްޓޭޝަންތަކުގައި މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 26 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

http://www.stomaldives.com/downloads/ :ވެބްސައިޓް

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް: އެސްޓީއޯ ހެޑްއޮފީސް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

08 ޖަނަވަރީ 2015
ހޯދާ