ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސާރވިސް ސަޕޯޓް ޓެކްނީޝަންސް

މިކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ސާރވިސް ސަޕޯޓް ޓެކްނީޝަންސް

އަދަދު: 06

އަސާސީ މުސާރަ: -/4940ރ އާއި -/5440ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސްޓީއޯ މެޑިކަލް ސަރވިސް އޮފީސް - ބަޔޯމެޑިކަލް އިންޖިނިއަރިންގ ޔުނިޓް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* މެނުފެކްޗަރަރ ގައިޑްލައިންސް އާ އެއްގޮތަށް ބަޔޯމެޑިކަލް އިކުއިޕްމަންޓްސް އިންސްޓޯލް ކުރުން

* މެނުފެކްޗަރަރ ގައިޑްލައިންސް އާ އެއްގޮތަށް ބަޔޯމެޑިކަލް އިކުއިޕްމަންޓްސް މެއިންޓެނަންސް ބެލެހެއްޓުން

* ބަޔޯމެޑިކަލް އިކުއިޕްމަންޓްސްއަށް ދިމާވާ މައްސަލަތައް ހައްލުކުރުން

* އިކުއިޕްމަންޓްތަކުގެ އިންސްޓަލޭޝަން ރެކޯޑުތައް ލޮގް ކުރުމާއި، ޕްރިވެންޓިވް މެއިންޓެނަންސް ކިޓްތައް ބަލަހައްޓައި، މެއިންޓެނަންސް މަސައްކަތް ކުރުން

ތަޢުލީމީ ތަޖުރިބާ:

* ޖީސީއީ އޭލެވެލް ފުރިހަމަކޮށް، ހިސާބު އަދި ފިޒިކްސް މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

އެހެނިހެން ހުނަރު:

* ކޮމްޕިއުޓަރ ހާރޑްވެއަރ އަދި ސޮފްޓްވެއަރ ކޯސް ނުވަަތަ އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 22ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344245/3344368  ފެކްސް: 3344041  އީމެއިލް: [email protected]

15 ޖަނަވަރީ 2015
ހޯދާ