މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ލ.ބަރެސްދޫގައި ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ލ.އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ތުނބުރި ގެސްޓްހައުސް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން ލ.ބަރެސްދޫގައި މިދަންނަވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

* ލޭންޑް ސާރވޭ

* އެންވަޔަރމެންޓް ކޮންސަލްޓެންސީ ފޯރ ރިސޯޓް ޕްލޭނިންގ

* އެންވަޔަރމެންޓް އެސެސްމެންޓް

* ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްދާއިރު އެންވަޔަރަމެންޓާ ގުޅުންހުރި ކަންތައްތައް މޮނިޓަރކުރުން

* ކޯސްޓަލް ޕްރޮޓެކްޝަން ޕްލޭން އަދި ހާބަރ ޖެޓީ ޑިޒައިން

ވީމާ، މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި މަސައްކަތް ކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށް ([email protected]) އަށް އީމެއިލް ފޮނުއްވުން އެދެމެވެ. ފޮނުއްވާ އީމެއިލް މި ކޯޕަރޭޝަނަށް ލިބުނުކަން ޔަޤީން ކުރެއްވުމަކީ އެބޭފުޅެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި މިކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތުޝީޓުގައިވާ ކަންކަން ފުރިހަމަކޮށް 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015
ހޯދާ