ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފޯރމަން ގރ.1

މި ކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ފޯރމަން ގރ.1   

އަދަދު: 1

މުސާރަ: 3500.00ރ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 162 (ހުޅުމާލެ) ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

*އިތުރު އެލަވަންސް:  1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.  

*  ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު:

*  ހުޅުމާލެ ސައިޓުތަކަށް މުދާ ޑެލިވަރ ކުރުން

*  މުދާތައް ލޯޑިންގއާއި އަންލޯޑިންގ ކަންތައް ކުރުން

*  ލިސްޓުތަކަށް ނަގާ މުދާތަކާއި ދޫކުރެވޭ މުދާތައް ލިސްޓާ ދިމާވޭތޯ ބަލައި ޗެކުކުރުން

*  ގުދަނުން ދޫކުރާ މުދާތައް ދޫކުރުމުގައި އެހީތެރިވުން

* ފިހާރައަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުން އަދި މީގެ އިތުރުންވެސް ފިހާރާގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތް ކުރުން. ކުރަންޖެހިއްޖެ ހާލަތެއްގައި މަސައްކަތު މީހުން ސުޕަވައިޒް ކުރުން

  ތަޢުލީމާއި ތަޖްރިބާ:

*  ޖީސީއީ އޯލެވެލް ހަދާފައިވުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން

*  މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން

*  ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ވިލިމާލެ ފިހާރަ އިންނާއި އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272     ފެކްސް: 3344041   

އެސްޓީއޯ 162 ނަންބަރ ފިހާރަ

ބަގީޗާހިނގުން ، ކ. ހުޅުމާލެ

ފޯން:3012647.

15 ޖަނަވަރީ 2015
ހޯދާ