ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑެލިވަރީ އެސިސްޓަންޓް ގރ.1

60-ADM/2014/493 އިޢުލާނުގެ 162 ނަންބަރު ހުޅުމާލެ ފިހާރައަށް އެކަށީގެންވާ ކެންޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ޑެލިވަރީ އެސިސްޓަންޓް ގރ.1  

އަދަދު: 1

މުސާރަ: -/3240ރ. އާއި -/3480ރ. އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ 162 (ހުޅުމާލެ) ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް:  1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.  

*  ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު:

* އޯޑަރުތަކަށް މުދާ ޑެލިވެރީ ކޮށްދިނުމާއި ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ޗެކުކޮށް ބެލެހެއްޓުން އަދި މުދާތައް ތަރުތީބު ކުރުން

* ފިހާރައަށް ގެނެވޭ ސިމެންތި، ކާޑުގެ ބާވަތް އަދި އެހެނިހެން ޝިޕްމަންޓްތައް ލޯޑުކުރުމާއި އަންލޯޑުކުރުމުގައި އެހީތެރިވުން

* ފިހާރަ އަދި ގުދަނުގެ އެތެރެއާއި ބޭރު ފޮޅައި ސާފުކުރުން އަދި މީގެ އިތުރުންވެސް ފިހާރާގައި ކުރަންޖެހޭ  އެހެނިހެން މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖްރިބާ

* ގްރޭޑް 7 ނިންމާފައިވުން

* އިނގިރޭސި އަދި ދިވެހިބަހުން ހުންނަ ތަކެތި ލިޔަންކިޔަން އެނގުން

* ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

*  މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން

* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ވިލިމާލެ ފިހާރަ އިންނާއި އެސްޓިއޯގެ ހެޑް އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272     ފެކްސް: 3344041   

އެސްޓީއޯ 162 ނަންބަރު ފިހާރަ

ބަގީޗާހިނގުން ، ކ. ހުޅުމާލެ

ފޯން:3012647.

12 ޖަނަވަރީ 2015
ހޯދާ