ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ ގރ.1

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްްޖެއެވެ.

މަޤާމު: އޮފިސަރ ގރ.1

ޢަދަދު: 01

އަސާސީ މުސާރަ: 4350.00ރ – 5100.00ރ އާއި ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެ.

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް / ތަން: ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500ރ. އާއި –/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. 
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން
  • ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެ. 

މަޤާމުގެ މަސްއޫލިއްޔަތު:

  • އެކި އައުޓްލެޓްތަކާ ގުޅިގެން ސޭލްސް ޕްރޮމޯޝަންތަކުގައި އުޅުން
  • ސޭލްސް ޕްރޮމޯޝަންތަކާ ގުޅުންހުރި ލިޔެކިޔުންތައް ބަލައި ފައިލުކުރުން
  • ރަސްމީގަޑިތަކުގައާއި ނުރަސްމީގަޑިތަކުގައިވެސް އޮންނަ އެސްޓީއޯގެ އިވެންޓްތަކުގެ ފޮޓޯނެގުމާއި މީޑިޔާއާ ގުޅުންހުރި ހުރިހާ ކަމެއް ބެލެހެއްޓުން
  • އެކިކަހަލަ ބޭނުންތަކަށް ގްރެފިކްސް ޑިޒައިން ކުރުން

ތަޢުލީމާއި ތަޖުރިބާ:

  • އިނގިރޭސި އަދި ދިވެހި ހިމަނައިގެން ޖީސީއީ އޭލެވެލްގެ 3 މާއްދާ ފާސްވެފައިވުން ނުވަތަ އެއަައްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
  • ފޮޓޯގްރަފިކް ސޮފްޓްވެއާ ބޭނުންކުރަން އެނގުން
  • މަޤާމުގެ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 19 ވާދުވަހުގެެ 12:30 ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ހެޑް އޮފީހުގެ ކައުންޓަރުން ނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

ހުށަހަޅާ ސެޓްފިކެޓްތަކަކީ އެޓެސްޓެޑް ކުރެވިފައިވާ ސެޓްފިކެޓްތަކަކަށް ވާންވާނެއެވެ.

މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯނު: 3344264      ފެކްސް: 3344041     ވެބްސައިޓް:www.stomaldives.com

15 ޖަނަވަރީ 2015
ހޯދާ