ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

2016-2015 އަށް އެސްޓީއޯގެ ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ނަންބަރު 96/10 ގެ 54 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތީން މިކުންފުނީގެ "އަހަރީ ޢާންމު ޖަލްސާ 2014" ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މިނޯޓިސްއާއެކު، އެސްޓީއޯގެ ޑިރެކްޓަރުުންގެ ބޯޑުގައި ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

މިވަގުތު ކުންފުނީގެ ޙިއްޞާ ބެހިފައިވާގޮތުންނާއި އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، ޑިރެކްޓަރުުންގެ ބޯޑަށް ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރެވޭނީ 1 (އެކެއް) ޑިރެކްޓަރުެވެ. އަދި ސަރުކާރު ނުވަތަ މައި ޙިއްޞާދާރުގެ ފަރާތުން 6 (ހައެއް) ޑިރެކްޓަރުުންނެވެ. މި ހުރިހާ ޑިރެކްޓަރުުންނަށްވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން އެއީ އެސްޓީއޯގެ އެދުމެކެވެ.

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެއްސަކު ކަމުގައިވުން
  2. 18 އަހަރު ފުރިފައިވުން
  3. މިނިވަން މުސްތަޤިއްލު ފަރާތަކަށްވުން (ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައިވާ ޝަރުޠު ހަމަވުން)
  4. ކުންފުނީގެ ޙިއްޞާދާރަކަށްވުން
  5. ކުންފުނީގެ ވިޔަފާރިއާއި ސްޓޮކް މާކެޓް އަދި ކުންފުންޏާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން. އަދި މިއިން ދާއިރާއަކުން ތަޢުލީމު ނުވަތަ އެކަށީގެންވާ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތަކަށްވުން. (ޚާއްޞަގޮތެއްގައި ފައިނޭންސް، ލޯ ނުވަތަ މެނޭޖްމަންޓުގެ ދާއިރާ)
  6. ކުންފުނީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށްވުން
  7. ލިސްޓުކުރެވިފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ބޯޑަށްވުރެ ގިނަ ބޯޑުގައި ނުހިމެނޭ ފަރާތަކަށްވުން
  8. ފައިނޭންޝަލް ސްޓޭޓްމަންޓް ދެނެގަނެވޭވަރުގެ ޤާބިލުކަންހުރި ފަރާތަކަށްވުން
  9. އެސްޓީއޯގައި ނުވަތަ އެސްޓީއޯގެ ސަބްސިޑިއަރީއެއް ނުވަތަ ޖޮއިންޓް ވެންޗަރއެއް ނުވަތަ އެސޯސިއޭޓް ކުންފުންޏެއްގައި ފާއިތުވެދިޔަ އަހަރު ނުވަތަ މިހާރުވެސް ވަޒީފާ އަދާކުރަމުންދާ ފަރާތަކަށްނުވުން
  10. ފާއިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ބަނގުރޫޓްވެފައި، ނުވަތަ ދަރަނިވެރިވެފައި، ނުވަތަ ޤާނޫނާ ޚިލާފުވެފައި، ނުވަތަ އެފަދަ އެއްވެސް ދަޢުވާއެއް ރައްދުވާ ފަރާތެއްކަމުގައި ނުވުން. އަދި މި މުއްދަތުގެ ތެރޭގައި އެފަދަ ކުންފުންޏެއްގައި ބޯޑު މެމްބަރަކަށް، ނުވަތަ ޙިއްޞާދާރަކަށް ނުވަތަ މެނޭޖަރަކަށް އުޅެފައި، ނުވަތަ މިހާރުވެސް އުޅެމުންދާ ފަރާތެއްކަމުގައި ނުވުން

މަތީގައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކުން، "ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު، 03 ފެބުރުއަވަރީ 2015 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ކޮމްޕެނީ ސެކްރެޓޭރިއަޓަށް އެޑްރެސްކޮށް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ މައި އޮފީހަށް ނުވަތަ [email protected] އީމެއިލް އެޑްރެހަށް ނުވަތަ 3344533 (960) ނަންބަރު ފެކްސްއަށް ފޮނުވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3344383 (960) ނުވަތަ 3344373 (960) ނަންބަރާ ގުޅުއްވުން އެދެމެވެ.

"ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"، އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އެސްޓީއޯގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި އެހެންމެ އެސްޓީއޯގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

މިދެންނެވި ސުންގަޑިއާ ހަމައަށް މިކުންފުންޏަށް ލިބޭ ފޯމުތަކުގެ ތެރެއިން ބޯޑު ޑިރެކްޓަރުުކަމަށް އެކަށީގެންވާ ފަރާތްތަކާއެކު ޑިރެކްޓަރުުންގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިންޓަރވިއުކުރާނެއެވެ.

އެގޮތުން ބޯޑުގެ ޑިރެކްޓަރުުކަމަށް އެކަށީގެންވާ ފަރާތެއްތޯ ބަލާ މައިގަނޑު ކަންކަމަކީ؛

  1. ބޯޑު ޑިރެކްޓަރުުކަމަށް ކުރިމަތިލުމަށް މަތީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތެއްތޯ ބެލުން
  2. ޑިރެކްޓަރުުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަކޮށްފައިވޭތޯ ބެލުން
  3. ކެންޑިޑޭޓަކީ ކުންފުނީގެ ބޯޑު ޑިރެކްޓަރަކާ ނުވަތަ ކުންފުނީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުމެއްވާ ފަރާތެއްތޯ ބެލުން
  4. ކުންފުނީގެ ވިޔަފާރިއަކާ ތަޢާރުޒުވާ ވިޔަފާރިއެއް ކުރާ ނުވަތަ އެފަދަ ވިޔަފާރިއެއްގައި އެއްވެސް ސިފައެއްގައި ޝާމިލުވާ ނުވަތަ ވަޒީފާ އަދާކުރާ ފަރާތެއްތޯ ބެލުން
  5. ކުންފުނީގެ ޙިއްޞާދާރަކަށްވެފައިވާ މުއްދަތާއި، ޙިއްޞާގެ އަދަދު
  6. ފާއިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޤާނޫނީ އެއްވެސް ކުށެއް ކޮށްފައި ނުވަތަ އަދަބެއް ލިބިފައިވާ ފަރާތެއްތޯ ބެލުން

ޑިރެކްޓަރުުކަމަށް ކުރިމަތިލާ ފަރާތްތައް އިވެލުއޭޓްކުރުމާބެހޭ ޕޮލިސީ ކުންފުނީގެ ވެބްސައިޓް www.sto.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

ކެންޑިޑޭޓާމެދު މިދެންްނެވުނު ކަންކަން އިވެލުއޭޓްކޮށް އެފަރާތްތަކާއެކު އިންޓަރވިއުކުރުމަށްފަހު، ކޮމިޓީން އިޚުތިޔާރުކުރައްވާ ފަރާތްތަކާބެހޭ މަޢުލޫމާތު ޑިރެކްޓަރުުންގެ ބޯޑަށް ހުށަހެޅޭނެއެވެ. އަދި ޑިރެކްޓަރުުންގެ ބޯޑުން ނިންމަވާ ގޮތެއްގެމަތީން ކެންޑިޑޭޓުންނާބެހޭ މަޢުލޫމާތު ޙިއްޞާދާރުންނަށް ފޯރުކޮށްދެވޭނެއެވެ. އަދި މިފަރާތްތަކުގެ މައްޗަށް އަހަރީ ޢާންމު ޖަލްސާގައި ވޯޓެއް ނެގޭނެއެވެ.

ވޯޓުދިނުން

ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެމަތީން، އެހެންގޮތަކަށް ކަނޑަނާޅާހިނދު ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. މިހެން ވޯޓު ދޭނަމަ، ކޮންމެ މެމްބަރަކަށްވެސް ދެވޭނީ 1 (އެކެއް) ވޯޓެވެ. ކުންފުނީގެ ރައުސުލްމާލުގެ ޙިއްޞާގެ ތަމްސީލުކުރާ މެމްބަރުން އެދިއްޖެނަމަ ޕޯލްގެ އުސޫލުން ވޯޓު ނެގިދާނެއެވެ. މިހެން ވޯޓު ނަގާނަމަ ކޮންމެ މެމްބަރަކަށްވެސް އެމެމްބަރެއްގެ މިލްކުގައިވާ ކޮންމެ ޙިއްޞާއަކަށް އެއް ވޯޓު ދެވޭނެއެވެ.

ހަމަ މިގަވާއިދުގެ 46 ވަނަ މާއްދާގައިވާގޮތުން، ނެގޭ ވޯޓު އެއްވަރުވެއްޖެނަމަ، މެމްބަރެއްގެ ޙައިޘިއްޔަތުން ޗެއަރމަން ދޭ ވޯޓުގެ އިތުރުން، ގޮތެއް ނިންމުމަށް ކާސްޓިންގ ވޯޓެއް ޗެއަރމަންއަށް ދެވިދާނެއެވެ.

އަދި މިފަދައިން ފާސްކުރެވޭ ކޮންމެ އައިޓަމަކަށް ނެގޭ ވޯޓުގެ ޞައްޙަކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ، އެޖަލްސާގެ ރިޔާސަތު ބެލެހެއްޓި ފަރާތަށެވެ.

އަހަރީ ޢާންމު ޖަލްސާގައި "ވޯޓުދިނުމާއި ގުނުމާބެހޭ ގަވާއިދު" ވެސް މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

15 ޖަނަވަރީ 2015
ހޯދާ