އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ކެބިންއެއް ހެދުމާއި ވާރކްސްޓޭޝަން ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކޮމިޝަން ހިންގާ ހުރަވީ ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ކެބިންއެއް ހެދުމާއި ވާރކްސްޓޭޝަން ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކޮމިޝަނަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015
ހޯދާ