ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު

ކޮންސްޓްރަކްޝަން އޮފިސަރ

 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް.އެސް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

ބޭނުންވާ އަދަދު

1 (އެކެއް)

 

ވަޒިފާ އަދާކުރަންޖެހޭ ޔުނިޓާއި، އޮފީހާއި، ރަށް 

ޕްރޮޖެކްޓްސް މެނޭޖްމަންޓް ޔުނިޓް / ޕަބްލިކް ވަރކްސް ސަރވިސަސް / ކ. މާލެ

 

މުސާރައާއި ޢިނާޔަތްތައް

- މުސާރަ: މަހަކު -/6،295 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

 

ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވްލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވްލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
 

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  1. ޕަބްލިކް ވަރކްސް ސަރވިސަސްއިން ހިންގުމަށް ހަވާލުވާ ޕްރޮޖެކްޓްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދޭތޯ ބަލަމުން ގެންދިއުމާއެކު، ޕްރޮޖެކްޓްތަކުގެ ސްޓޭޓަސް ދުވަހުންދުވަހަށް އަޕްޑޭޓްކޮށް، ޕްރޮޖެކްޓްތަކާބެހޭ ތަފާސްހިސާބުތައް ހިމެނޭގޮތަށް ރެކޯޑުތައް ބެލެހެއްޓުން.
  2. ޕްރޮޖެކްޓްތަކުގެ ބީ.އޯ.ކިއު ހެދުމާއި، ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް، އެ ލިޔެކިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޕްރޮޖެކްޓް ފައިލް ތައްޔާރުކޮށް، އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  3. ރާއްޖެއިންބޭރުން މަޝްރޫޢުތަކަށް ގެންނަންޖެހޭ ތަކެތީގެ ޓެންޑަރ ޑޮކިޔުމަންޓާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުން.
  4. މަޝްރޫޢުތަކާ ބެހޭގޮތުން ހަދަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، ކޮންސަލްޓެންޓުންނާއި ކޮންޓަރެކްޓަރުން ހުށަހަޅާ އިންވޮއިސްތައް ޗެކުކޮށް ފައިސާ ދެއްކުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  5. ޕްރޮޖެކްޓްތަކުގެ ސްޓޭޓަސް ރިޕޯޓްތައް ތައްޔާރުކޮށް، މެނޭޖްމަންޓަށް ހުށަހަޅަމުން ގެންދިއުމާއި، ޕްރޮޖެކްޓްތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުން.
  6. ޕްރޮޖެކްޓް ސައިޓްތަކަށް ކުރަންޖެހޭ ދަތުރުތައް އިންތިޒާމްކޮށް ހިންގުމާއި، އެހެނިހެން ގޮތްގޮތުން ސައިޓްތަކަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދިނުން.
  7. މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމާއި، މިފަދަ ކަންކަމުގައި ބޭނުންވާނެ ފަންނީ ލަފާ މެނޭޖްމަންޓަށް އެރުވުން.
  8. ހިންގުމުގެ އޮނިގަނޑާއި އެއްގޮތްވާގޮތުގެމަތިން އެކިފަރާތްތަކާއެކު ކުރެވޭ މުޢާމަލާތުތަކުގެ ޞައްޙަ މަޢުލޫމާތު ހިމެނޭގޮތަށް ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު، ރައްކާތެރިގޮތުގައި، ޤަވާޢިދުން ރެކޯޑުތައް ބެލެހެއްޓުން.
  9. ސަރުކާރުގެ ދާއިރާތަކާއި، އޮފީހުގެ އެކި ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ޔުނިޓުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ވަޒީފާބަޔާންތައް ތައްޔާރުކުރުމުގައި އެޗް.އާރު ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އިތުރުގަޑީގެ މަސައްކަތަށް ނެރޭ މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުންފަދަ ހުރިހާކަމެއް ދުވަހުންދުވަހަށް ހިންގުން.
  10. ޔުނިޓުގެ މުވައްޒަފުން އެކިކަންކަމުގައި މުޢާމަލާތުކުރާގޮތާއި، މަސައްކަތުގެ އަޚްލާޤު އޮފީހުގެ ޤަވާޢިދުތަކާއި އުޞޫލްތަކާއި، ތަޞައްވުރާ އެއްގޮތްވާގޮތުގެމަތިން ހިންގުމާއި، ހަމަޖެހިފައިވާ އުޞޫލްތަކާ ޚިލާފަށް ހިނގާ ކަންކަން އިޞްލާޙުކުރުން.
  11. މީގެ އިތުރުން، ކުރަންޖެހުނު ޑިޕާޓްމަންޓުގެ ކޮންމެ ކަމެއް، ވެރިން އަންގާގޮތެއްގެމަތިން ކުރުން.
 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

ތައުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

6. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލޭ އޮފީހުންނެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

 

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

 

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޕަބްލިކް ވަރކްސް ސަރވިސަސް (އަމީނީމަގު، މާފަންނު / މާލެ)
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.
 

އިންޓަވިއުކުރުން

 

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2015 ގެ ޖަނަވަރީމަހާއި ފެބުރުވަރީމަހާ ދެމެދުގެ ތާރީޚެއްގައި، މި ސަރވިސަސްގައެވެ.
  • އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

އިތުރު މަޢުލޫމާތު

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓްކުރެވޭނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުން އެދެމެވެ.

 

15 ރަބީޢުލްއައްޥަލް 1436

 
06 ޖަނަވަރީ 2015
ހޯދާ