މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ދާއިރާއިން ހިންގަމުންގެންދާ ކުރު ތަމްރީނު ޕުރޮގުރާމުތަކާގުޅޭ

މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރަކުވެސް ހިންގަމުންގެންދާ ދަނޑުވެރިކަމުގެ ކުރު ތަމްރީނު ޕުރޮގުރާމުތައް މިއަހަރުވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިމިނިސްޓްރީން މިފަދަ ޕުރޮގުރާމުތައް ރަށްރަށުގައި ހިންގައިދެމުންގެންދަނީ އެއަހަރަކަށް ދަނޑުވެރިކަމުގެ ތަމްރީނު ދިނުމަށް ބަޖެޓު ލިބޭ މިންވަރަށް ބަލާފައެވެ. މިއަހަރު ދަނޑުވެރިކަމުގެ ތަމްރީނު ޕުރޮގުރާމުތައް ހިންގުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ މައިގަނޑު ސުރުޚީތަކާ ގުޅޭގޮތަށެވެ.

މި ޕުރޮގުރާމުތައް ހިންގުމަށް ބޭނުންފުޅުވާނަމަ ހިންގައިދިނުމަށް އެދި ރަށްރަށުން (އަދި ޖަމުއިއްޔާ ޖަމާއަތްތަކުން) ހުށަހަޅުއްވާނީ ކައުންސިލްތައް މެދުވެރިކޮށެވެ. ޕުރޮގުރާމުތައް ހިންގައިދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީން ޕުރޮގުރާމު ހިންގާނީ މި މިނިސްޓްރީން ހޮވާ އިސްކަންދޭ ވަކިރަށްތަކެއްގައެވެ. މައިގަނޑުގޮތެއްގައި ރަށްތައް ހޮވުމުގައި ބަލާނީ އެރަށެއްގެ ކައުންސިލުން އެ ޕުރޮގުރާމު ކުރިއަށްގެންދިއުމަށް ދެއްވާނެ އެހީތެރިކަމާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް އެރަށެއްގައި އިތުރަށް ފުޅާކުރުމަށް ހުރިފުރުސަތުތަކާއި އަދި މީގެ ކުރިން ދަނޑުވެރިކަމާ ގުޅުންހުރި ތަމްރީނު ޕުރޮގުރާމެއް އެރަށެއްގައި ހިންގާފައިވާތާ ވީ މުއްދަތުފަދަ މައުލޫމާތުތަކަށެވެ.

ކޯހާ ގުޅޭ އިތުރުމައުލޫމާތު

މުއްދަތު (ދުވަސް

ދަނޑުވެރިކަމުގެ ތަމްރީނު ޕުރޮގުރާމުގެ ނަން؛

ރާއްޖޭގައި ވިޔަފާރި އަށް ހައްދާ ބާވަތްތައް އިންދައި ހައްދާނެގޮތް އަދި ދަނޑުވެރިކަމުގެ ވިޔަފާރިއަށް އަހުލުވެރިވުން، މީގެ އިތުރުން އަންމުކޮށް ދިމާވާ ބަލި ކޮންޓްރޯލްކޮށް މެނޭޖްކުރާނެގޮތް

14

   1. ދަނޑުވެރިކަމުގެ ވިޔަފާރި 

ކުކުޅު، ބަކަރި އަދި އެފަދަ ކުދި ޖަނަވާރު ގެންގުޅޭނެ ގޮތުގެ މައުލޫމާތު

7

   2. ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުމުގެ ތަމްރީނު

ފެނުގައި ގަސްއިންދައި ހައްދާނެގޮތް އަދި ގޯތިތެރޭގައި ގަސް އިންދައި ހެއްދިދާނެ ގޮތްތަކާއި އުކާލެވޭ ތަކެތީގެ ތެރެއިން ޕޮޓުގެ ގޮތުގައި ބޭނުންކުރެވިދާނެ ފަދަ ތަކެތި ބޭނުން ކޮށްގެން ގަސް އިންދަން ދަސްކޮށްދިނުން.

10

   3. ހޯމްގާޑްނިންގް އަދި ހައިޑްރޮޕޯނިކްސް

ދަނޑުވެރިކަމުގައި ދިމާވާ ބަލި ކޮންޓްރޯލް ކުރުމުގައި ގެންގުޅޭނެ މައިގަނޑު އުސޫލުތަކާއި ގޮތްތައް؛ މިކޯސް ހިންގުމުގައި އިސްކަންދެވޭނީ ދަނޑުވެރިކަން ރަނގަޅުގޮތެއްގައި ކުރަމުންދާ ކުރިން ބޭސިކް ކޯހެއް ހިންގިފައިވާ ރަށްރަށުގައި

7

   4. އިންޓިގްރޭޓަޑް ޕެސްޓު މެނޭޖްމަންޓް (އައި.ޕީ.އެމް)

 އަސާސީތަޢުލީމުގެ ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުޤުވެރިކަން ހުރުން

ކޯހުގެ ބައިވެރިންގެ ޝަރުޠު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރު 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަންފޯމު ކައުންސިލުގެ ސިޓީއަކާއެކު ހުށަހެޅުން (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ)

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 10 ފެބުރުވަރީ 2015 ގެ 15:00

12 ޖަނަވަރީ 2015
ހޯދާ