މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
770 މެގްނަމް (ހައިކަޓް) ބޫޓު ގަތުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސަރވިސްގެ ބޭނުމަށް ދެންނެވިފައިވާ ސައިޒްތަކުން، ޖުމްލަ 770 މެގްނަމް (ހައިކަޓް) ބޫޓު ގަތުމަށް ބޭނުންވެއެވެ. ވީމާ، މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 12 ޖަނަވަރީ 2015 އިން ފެށިގެން 2015 ޖަނަވަރީ 18 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/400ރ (ހަތަރު ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ޖަނަވަރީ 19 ވާ ހޯމަ ދުވަހުގެ 14:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. އަދި ބީލަންފޮތްތައް ބައްލަވައިގެންފައިވީނަމަވެސް މި ޕްރޮޖެކްޓްގެ ޕްރީބިޑް މީޓިންގއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 ޖަނަވަރީ 18 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

#

UNIT

Description

size

QTY

1

PAIR

Magnum Highcut

No.4

17

2

PAIR

Magnum Highcut

No.4.5

17

3

PAIR

Magnum Highcut

No.5

17

4

PAIR

Magnum Highcut

No.5.5

17

5

PAIR

Magnum Highcut

No.6

67

6

PAIR

Magnum Highcut

No.6.5

83

7

PAIR

Magnum Highcut

No.7.

117

8

PAIR

Magnum Highcut

No.7.5

117

9

PAIR

Magnum Highcut

No.8

117

10

PAIR

Magnum Highcut

No.8.5

117

11

PAIR

Magnum Highcut

No.9.5

67

12

PAIR

Magnum Highcut

No.10.5

17

12 ޖަނަވަރީ 2015
ހޯދާ