ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ކެމެރާ ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ބަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖަނަވަރީ 2015 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ފެލިދޫ ކައުންސިލް އިދާރާއަށް ފޮނުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700720 ނުވަތަ 7710565 އަށެވެ.

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  • ކޮންމެ އައިޓަމެއްގެ އަގު ވަކިން އެނގޭނެހެން ހުށައެޅުން.
  • ޖީ.އެސް.ޓީ.އަށް ވާ އަގު ވަކިން އެނގޭނޭހެން ޖުމުލަ އަގު ހުށަހެޅުން.
  • ތަކެތި އިންސްޓޯލްކުރުމާއި ސެޓަޕް ހެދުމުގެ އަގު ހުށަހެޅުން.
  • އަންދާސީހިސާބުގައި ޕޭމަންޓް ޓާރމް ބަޔާންކޮށްފައި އޮށްނަންވާނެއެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވާއިރު ދެވިފައިވާ މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

ހުށަހެޅޭ އަގުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު:

  • 80 ޕޮއިންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 10 ޕޮއިންޓް މުއްދަތަށް (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 05 ޕޮއިންޓް ވޮރަންޓީއަށް (އެންމެ ދިގު ވޮރަންޓީ މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)
  • 05 ޕޮއިންޓް ތަޖުރިބާ (ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި ސަޕްލައިކޮށްދިނުމަށް އެންމެ ގިނަ ޕޮއިންޓް) ސަޕޯޓިންގ ލިޔުންތަކަށް ބަލާފައި.

އަންދާސީ ހިސާބު ހުށަހެޅުން

  • އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓިއުރައިގެ ބޭރުގައި "ފެލިދޫ ކައުންސިލް އިދާރާގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ބެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެއިތުރުން މިއިދާރާގެ ނަންބަރު 6700720 ފެކްސްއަށާއި [email protected] މެއިލަށް ފޮނުވާ އަންދާސީހިސާބުވެސް ބަލައިގަނެވޭނެވާހަކަ ދަންނަވަމެވެ.

17 ރަބީޢުލްއައްވަލް 1436

08 ޖަނަވަރީ 2015
ހޯދާ