ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އީ.އައި.އޭ ކޮންސަލްޓެންޓެއް ހޯދުމާބެހޭ

ކ.ތިލަފުށީގެ ދެކުނުފަރާތު ފަރުގެ ސަރަޙައްދުން ޕާރމަނަންޓް ސޭންޑް ބޮރޯ ސައިޓެއް ޤާއިމުކުރުމަށްޓަކައި އީ.އައި.އޭ އެއް ހަދައި، އެއާގުޅޭ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ލައިސަންސް އީ.އައި.އޭ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން (ނަންބަރު: TCL/IUL/14/1030) އާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

ޕްރީބިޑް، އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑްއޮފީސް

އާދީއްތަ

18 ޖަނަވަރީ 2015

10:30 ގައި

ޕްރޮޕޯޒަލް ހުށަހެޅުން އަދި ހުޅުވުން

ޓީސީއެލް ހެޑްއޮފީސް

ބުރާސްފަތި

22 ޖަނަވަރީ 2015

10:30 ގައި

  • ޕްރޮޕޯޒަލް ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅަނީ އީ.އައި.އޭ ލައިސަންސް ލިބިފައިވާ އަމިއްލަ ފަރުދެއްނަމަ އެފަރާތުގެ ފުރިހަމަ ވަނަވަރު ހިމަނަންވާނެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ ޕްރީބިޑުގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި، ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015
ހޯދާ