ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ތެޔޮ ޓޭންކްތަކެއް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދަން

ކ.ފުނަދޫގައި ހުރި ތެޔޮ ޓޭންކްތަކެއް ލ.ފޮނަދޫ އަދި ގދ.ތިނަދޫއަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ ކުރެހުމާއި މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، ކ.ފުނަދޫގައި ހުރި ތެޔޮ ޓޭންކްތަކެއް ލ.ފޮނަދޫ އަދި ގދ.ތިނަދޫއަށް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           ކ.ފުނަދޫގައި ހުރި ތެޔޮ ޓޭންކްތަކެއް ލ.ފޮނަދޫ (1 ޓޭންކް) އަދި ގދ.ތިނަދޫ (2 ޓޭންކް) އަށް ބަދަލުކޮށް އިންސްޓޯލްކުރުން

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީ ކުރައްވަން ބޭނުންވެލައްވާ ބޭފުޅުން 2015 ޖަނަވަރީ 18 ވާ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2015 ޖަނަވަރީ 18 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2015 ޖަނަވަރީ 19 ވަނަ ދުވަހުގެ 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކ.ފުނަދޫގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ޖަނަވަރީ 24 ވާ ދުވަހުގެ 10:00 ގެ ކުރިން އީ-މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށް 2015 ޖަނަވަރީ 25 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް :        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ޖަނަވަރީ 29 ވަނަ ދުވަހުގެ 14:30 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:   3344321 , 3344318

ފެކްސް:  3344633

އީމެއިލް: [email protected]

12 ޖަނަވަރީ 2015
ހޯދާ