ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ޢިމާރާތް ބޮޑުކުރުމާބެހޭ މަޝްރޫޢު

ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ޢިމާރާތް ބޮޑުކުރުމާބެހޭ މަޝްރޫޢު

މިއޮތޯރިޓީގެ 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނާފައިވާ ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ޢިމާރާތް ބޮޑުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ގދ. ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ޢިމާރާތް ބޮޑުކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

21 ރަބީޢުލްއައްވަލް 1436

12 ޖަނަވަރީ 2015
ހޯދާ