މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރޮށީ ޒުވާނުންގެ މަރުކަޒުގައި ނުނިމިހުރި މަސައްކަތްކުރުން

މިއިދާރާގެ ނަންބަރު: IUL)279-ESMS/2014/1033)ފ(18 ނޮވެންބަރު 2014) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.

މަރޮށީ ޒުވާނުންގެ މަރުކަޒުގައި ނުނިމި ހުރި މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2015 ޖަނަވަރީ 11 ވަނަދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ ކޮޓަރީގައެވެ. އަދި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2015 ޖަނަވަރީ 18 ވަނަދުވަހުގެ 13:30 ގައި މިއިދާރާގެ ޖަލްސާކުރާ ކޮޓަރީގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 9:00 ން 14:00 އަށް މިއިދާރާގެ ނަންބަރު: 6540054 ފޯނަށް ގުޅުން އެދެމެވެ.

03 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރު 2014
ހޯދާ