ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ލ.ފުނަދޫ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލްކުރުމާއި އާފްޓަރ ސޭލްސް ސާރވިސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖަނަވަރީ 14 ވާ ބުދަ ދުވަހުގެ 09:00 އަށް މިކުންފުނީގެ ލ.ފުނަދޫ ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖަނަވަރީ 25 ވާ އާދީއްތަ ދުވަހުގެ 09:00 އަށް އަންދާސީހިސާބު، އެފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ޚިދުމަތްތަކުގެ ތަފުސީލު، ޕްރޮފައިލަކާއެކު އެފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން: 3344180 ، 3344663

ފެކްސް: 3344633

އީމެއިލް: [email protected]

16 ރަބީޢުލްއައްވަލް 1436

06 ޖަނަވަރީ 2015
ހޯދާ