މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގެ ކައުންޓަރުގައި މަސައްކަތްކުރާ ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ގޮތުގައި ބިދޭސީން މަސައްކަތްކުރުމާބެހޭ

އިޢުލާން

ދިވެހިރާއްޖޭގައިރަޖިސްޓަރީ ކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދިރެސްޓޯރަންޓް ފަދަ ތަންތަނުގެ ކައުންޓަރުގައި މަސައްކަތްކުރާ ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެގޮތުގައި ބިދޭސީން މަސައްކަތްކުރުމާބެހޭ

ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގެ ކައުންޓަރުތަކުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ގޮތުގައި ބިދޭސީން ގިނަ އަދަދަކަށް މަސައްކަތްކުރަމުން ދާކަމަށާއި، ދުވަހުން ދުވަހަށް މިފަދަ ބައެއް ވިޔަފާރިތައް ހިންގުމުގައި މުޅިން ބިދޭސީން ހަރަކާތްތެރިވަމުންދާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ލިބެމުން ދެއެވެ.

ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ވަޒީފާއަކީ، އަލަށް ވަޒީފާގެ ބަޒާރަށް ނުކުންނަ ދިވެހި ޒުވާނުންނަށްވެސް އަދާކުރެވިދާނެ ވަޒީފާއެއްކަމުން، މި ވަޒީފާ ދިވެހިންނަށް ޚާއްޞަކުރުމަށް ސަރުކާރުން ނިންމައި، ތިރީގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.  

  • 1 އެޕްރީލް 2015 ވާ ބުދަ ދުވަހުން ފެށިގެން މަތީގައި ދެންނެވިފައިވާ ވިޔަފާރިތަކުގެ ކައުންޓަރުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރުމަކީ މަނާކަމެއްކަމުގައި ހަމަޖެއްސުން.
  • 4 ޖަނަވަރީ 2015 އިން ފެށިގެން މަތީގައި ދެންނެވިފައިވާފަދަ ވިޔަފާރިތަކުގެ ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ވަޒީފާއަކީ ކޯޓާ ދޫނުކުރާ ވަޒީފާއެއްގެ ގޮތުގައި ހަމަޖެއްސުމާއެކު، އެފަދަ ވިޔަފާރިތަކުން އެތެރެކުރާ އެއްވެސް ބިދޭސީއަކަށް ކޭޝިއަރުންގެ ވަޒީފާއަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫނުކުރުން.
  • 4 ޖަނަވަރީ 2015 ގެ ކުރިން މަތީގައި ދެންނެވިފައިވާފަދަ ވިޔަފާރިތަކުގެ ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ބިދޭސީންނަށް ދޫކުރެވިފައިވާ އެމްޕްލޯއިމަންޓް އެޕްރޫވަލްތަކުގެ ތެރެއިން، 1 އޭޕްރީލް 2015 ގެ ނިޔަލަށް މުއްދަތު ހަމަނުވާ އެމްޕްލޯއިމަންޓް އެޕްރޫވަލްތައް، 1 އޭޕްރީލް 2015 އިން ފެށިގެން ބާޠިލުކުރުން.
  • 1 އެޕްރީލް 2015 އިން ފެށިގެން، މަތީގައި ދެންނެވިފައިވާ އެއްވެސް ވިޔަފާރިއެއްގައި ބިދޭސީއެއް ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ދައުރު އަދާކުރަމުން ދާނަމަ، ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އަދި ވަޒީފާއާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން، އެފަދަ ވިޔަފާރިއަކާމެދު ފިޔަވަޅު އެޅުން.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 ރަބީޢުލްއައްވަލް 1436

04 ޖަނަވަރީ 2015
ހޯދާ