ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ވަގުތީ ޤުރްއާން މުދައްރިސުން ބޭނުންވެއްޖެ

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު، ނަފްސާނީ ނުކުޅެދުންތެރިންނަށް ކީރިތި ޤުރްއާން ކިޔަވާދޭނެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައެވެ. ވީމާ، މި ޕްރޮގްރާމްގައި ޤުރްއާން ކިޔަވައި ދެއްވާނެ ވަގުތީ ޤުރްއާން މުދައްރިސުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:      6

މުސާރަ:           ނަގައިދޭ ކޮންމެ ގަޑިއަކަށް -/ 200 ރުފިޔާ

ޝަރުޠު:

1- ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު ޤުރްއާން ކިޔަވައިދިނުމުގެ ދާއިރާގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2-  ޤުރްއާން މުދައްރިސްކަމުގެ އެޑްވާންސް ކޯސް ހަދާފައިވުމާއެކު ޤުރްއާން ކިޔަވައިދިނުމުގެ ދާއިރާގައި އުޅެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3-  ޤުރްއާނާބެހޭ މަރްކަޒުންދޭ ޓެސްޓާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު:     1 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 08 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ އަދި ތަޖުރިބާގެ ލިޔުން ޤުރްއާނާބެހޭ މަރްކަޒަށް ހުށަހެޅުއްވުން އެދެމެވެ. މުދައްރިސުން ހޮވުމުގައި ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަނޑައަޅާ ގަޑިތަކުގައި ވަޑައިގެންނެވޭ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

07  ރަބީޢުލްއައްވަލް  1435

29 ޑިސެންބަރު 2014
ހޯދާ