މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސްޓޭންޑް ހެދުމަށް

ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީގެ ދަށުން މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ދައްކާ ނަމޫނާއަކާ އެއްގޮތަށް ކޮމްޕިއުޓަރ ސްޓޭންޑްތަކެއް އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

10 ކޮމްޕިއުޓަރ ސްޓޭންޑް ހެދުމަށް ތިރީގައިވާ މައުލޫމާތާއެކު ހުށަހެޅުއްވުމަށް.

  1. ހުށަހަޅުއްވާ އަގުގައި ސްޓޭންޑް އަމިއްލަ ތަކެތީގައި ހެދުމާއި، އެންސްޕާގައި ހަރުކުރުން ހިމެނެންވާނެއެވެ.
  2. ސްޓޭންޑް ހަދަންވާނީ ގިނަ ދުވަހު ބޭނުންކުރެވޭ ދަގަނޑު ނުވަތަ ސްޓެއިންލެސް ސްޓީލުންނެވެ.
  3. ސްޓޭންޑްގެ ތެރެއިން ނެޓްވާރކް ނަރު އަދި ކަރަންޓު ނަރު ހަރުކުރެވެން ހުންނަންވާނެއެވެ.
  4. މޮނިޓަރ ސްޓޭންޑްގައި މޮނިޓަރ މައުންޓް ކުރެވެން ހުންނަންވާނެއެވެ.
  5. ކީބޯޑް ސްޓޭންޑް ހުންނަންވާނީ ބޭރަށް ދަމާލެވޭ ގޮތަށެވެ.
  6. ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ޖީ.އެސް.ޓީ ހުއްދައިގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. ހުއްދައިގެ ކޮޕީ ހުށަނާޅާނަމަ އަގު ދެވޭނީ ޖީ.އެސް.ޓީ ނުހިމަނައެވެ.
  7. ކޮމްޕެނީ އާއި އެފަދަ އެހެން ތަންތަނުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އެތަނެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. އަދި އަމިއްލަ ފަރާތަކުންނަމަ، އައި. ޑީ. ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

  • އަގު: 60 ޕޮއިންޓް (އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށް އެންމެ މަތީ ޕޮއިންޓް، އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިން)
  • ޑެލިވަރީ: 30 ޕޮއިންޓް ( ޑެލިވަރީއަށް އެންމެ ގިނަ ޕޮއިންޓް ލިބޭނީ އެންމެ ކުރުމުއްދަތުގައި ހުށަހަޅާ ފަރާތަކަށެވެ. އެއަށްފަހު ޕޮއިންޓް ދެވޭނީ ރޭޝިއޯއިންނެވެ).
  • ތަޖުރިބާ: 10 ޕޮއިންޓް. (ތަޖުރިބާ ކަމުގައި ބެލެވޭނީ މިފަދަ މުއައްސަސާތަކަށް މިފަދަ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމުގެ ލިޔުންތަކުގެ މައްޗަށެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 5 ޕޮއިންޓެވެ. ޖުމްލަ ގިނަވެގެން 10 ޕޮއިންޓެވެ.)

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ 3005363 ނަންބަރަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 8 ޖަނަވަރީ 2015 (ހޯމަ) ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓް

އަމީނީ މަގު، 20379

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3309908

ފެކްސް ނަންބަރު: 3307759

އީމެއިލް:[email protected]  [email protected],

31 ޑިސެންބަރު 2014
ހޯދާ