އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވެބްސައިޓެއް ތަރައްޤީކުރަން

ވެބްސައިޓެއް ތަރައްޤީކުރަން ބޭނުންވެއްޖެ

މިއޮފީހުގެ އިޢުލާން ނަންބަރު IUL)460/460/2014/1026)ފ(22 ޑިސެންބަރު 2014) އާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތަށް އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ، މި އޮފީހަށް ވެބްސައިޓު ފަރުމާކޮށް ވެބްސައިޓު ހަދައިދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 05 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ގޯޑައުން ބިލްޑިންގ
     ހަނދުވަރީ ހިނގުން
      ފޯން:   3010990
      ފެކްސް: 3010959

06  ރަބީޢުލްއައްވަލް 1436

31 ޑިސެންބަރު 2014
ހޯދާ